--- ލިޔެސް ހޮލިޑޭކަޕް " ފުޓްބޯޅަ މުބާރާތައް ޙާއްޞަ ލޯގޯއެއް ބޭނުން
ލިޔުނީ : މިހާސް
ލަންދޫގެ ތާރީޙްގައި މިހާތަނަށް ބައެއްގެ އަތުން އެންމެބޮޑު ސްޕޮންސާއެއް ހޯދައިގެން ބޭއްވޭ ފުރަތަމަ މުބާރާތަކަށް ވެގެންދާނީ ލަންދޫ ޔޫތު އެންކަރޭޖިން ސޮސައިޓީ ( ލިޔެސް ) އިން އިންތިޒާމްކޮށް ބޭއްވުމަށް ތައްޔާރުވަމުންދާ " --- ލިޔެސް " ހޮލިޑޭކަޕްކަން ޔަޤީނެވެ.
މި މުބާރާތް ސްޕޮންސާރ ކޮށްފައިވާ ފަރާތްތަކުން ސްޕޮންސާއަށް ދައްކަން ޖެހޭ އެއްޗެހި މިމަހުގެ 11 ވަނަ ދުވަހު " ލިޔެސް " އާއި ހަވާލް ކުރުމަށް ރޭވިފައިވާ އިރު މި މުބާރާތައް ދެވިފައިވާާ ނަންވެސް މިވަނީ އަޅުގަނޑުމެންގެ ތެރޭގައި ބޮޑު އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައެވެ. " ލިޔެސް " ގައި އިސްކޮށް ހަރަކާތްތެރި ވެލައްވާ ބައެއް ފަރާތްތަކުން ލިއުއްވާ ލިއުއްވުންތަކުގައި ބައެއްފަހަރަށް " އާރ.އެލް.ބީ ލިޔެސް ހޮލިޑޭކަޕް " ލިއުއްވަފައިވާ އިރު އަނެއްބައި ލިއުއްވުން ތަކުގައި " އާރު.ބީ.އެލް ލިޔެސް ހޮލިޑޭކަޕް " ގެ ގޮތުގައި ލިއުއްވާފައި ވެއެވެ.
މިހެންކަމާއި އެކު މި މުބާރަތުގެ ސްޕޮންސަރުންނާއި އެކު 11 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލްވުން ބޭއްވުމުގެ ކުރިން މި މުބާރާތުގެ އަސްލުނަން އެގޭނެފަދަ ގޮތެއް ހެއްދެވުން މުޙިއްމު ކަމުގައި ދެކެމެވެ. އަދި ހަމަ އެހެންމެ މި މުބާރާތުގެ ސްޕޮންސަރުން ސިފަވާ ފަދަ ގޮތަކަށް މި މުބާރާތައް ލޯގޭއެއް ތަޢާރަފް ކުރުމަކީ ވެސް ކޮންމެހެންވެސް ކުރައްވަން ޖެހޭނެ ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ.
އަޅުގަނޑުމެންގެ ޤައުމުގައިބޭއްވޭ އެންމެވަރުގަދަ ފުޓްބޯޅަ މުބާރާތްކަމަށްވާ " ދިރާގު ދިވެހި ފުޓްބޯޅަ މުބާރާތުގައި " ވެސް ބޭނުންކުރައްވަނީ މިފަދަ ލޯގޯ އެކެވެ.
ލަންދޫގެ ތާރީޙްގައި މިހާތަނަށް ސްޕޮންސަރުންގެ އެހީގައި ބޭއްވޭ އެންމެބޮޑު ފުޓްބޯޅަ މުބާރާތުގައި ސްޕޮންސަރުންނަށް ލިބެންޖެހޭ ފުރިހަމަ ކުރެޑިޓް ހޯދައި ދެއްވުމަކީ ކުރިމަގުގައި މިފަދަ ކަންތައްތައް ކުރުމަށް އެޅިގެންދާނެ ވަރަށް ބޮޑުބާރަކަށް ވެގެންދާނެކަން ޔަޤީނެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ