الخميس، 8 يوليو 2010

ލައިބުމެންގެ ސްޕޭން މޮޅުވެ މެއްޑޯ މެންގެ ޖަރުމަން މަހަށް

ލިޔުނީ : މިހާސް











މިފަހަރުގެ ފީފާ ވޯލްޑްކަޕް ވެގެން މިދަނީ ޝައުގުން ފުރިގެންދާ ފަދަ މަންޒަރުތަކަކާއި ކަންތައްތަކެއް ފެނިގެންދާ ވޯލްޑްކަޕަކަށެވެ.
މިގޮތުން މިފަހަރުގެ ވޯލްޑްކަޕް ފައިނަލަށް ގޮސްފައިވާ ދެޓީމުންކުރެ ކޮންމެޓީމެއް ގެންދިޔަ ކަމުގައިވިއަސް އެކަންވެގެންދާނީ ފުރަތަމަ ފަހަރަށް އެއިންޓީމެއް ވޯލްޑްކަޕްގެ ފަޙްރުވެރި ތަށި ކާމިޔާބު ކުރާ ފަހަރުކަމަށެވެ.
މިފަހަރުގެ ފީފާ ވޯލްޑްކަޕް ގައި ރެއާއި ޖެހެންދެން ގިނަބަޔަކު ޤަބޫލްކުރަމުން އައި ފެވަރިޓް ޓީމަކީ ޖަރުމަނެވެ. ނަމަވެސ މުބާރާތުގެ ދެވަނަ ފައިނަލްގައި ރޭ ސްޕޭން ވަނީ ޖަރުމަނަކީ ފެވަރިޓް ނޫންކަން ސާބިތު ކޮށްދީފައެވެ.
ލަންދޫގައި އެންމެގިނަ ބަޔަކު ސަޕޯރޓްކުރަމުން ދިޔަ ބްރެޒިލް އާއި އާޖަންޓީނާ ކެޓުމުން ދެން ގިނަބަޔަކު ސަޕޯރޓް ކުރަމުން ގެންދިޔައީ ޖަރުމަނަށެވެ.
މުބަރާތް ފެށުނު އިރުވެސް ސްޕޭން އަށް ސަޕޯރޓްކުރާ މީހުންގެ އިންސައްތަ ލަންދޫގައި އުޅެނީ ތިންވަނައަށެވެ. ލަންދޫގައި ތިބި ސްޕޭން ސަޕޯރޓަރުންގެ ތެރެއިން އެންމެ އިސްކޮށް އުޅެނީ މޯހަން އިިއްސޭ އާއި ލައިބެވެ.
ރޭގައި ކުޅެވުނު ރީތި ސެމީފައިނަލް މެޗަށްފަހު ލައިބުމެންގެ ސަޕޭނުން ވަނީ މެއްޑޯމެންގެ ޖަރުމަން މަހަށް ފޮނުވާލައިފައެވެ.
މި މުބަރާތުގެ ފައިނަލް ވެގެންދާނީ މިފަހުގެ ތާރީހްގައި މުބާރާތެއްގެ ފައިނަލްގައި ފެނިގެން ދާނެ އެންމެ ނަލަ އެންމެ ރީތި ފުޓްބޯޅަ ފެނިގެން ދާނެ މެޗަށްކަމަށް ބެލެވެއެވެ.
މިފަހަރުގެ ފައިނަލްގައި ބައްދަލްކުރާ ދެޓީމަކީ މި މިފަހަރު މި މުބަރާތުގެ ފައިނަލްގައި ކުޅުން އެންމެ އަޢުލާކަން ބޮޑުވެގެންވާ ދެޓީމްވެސް މެއެވެ. އެހެނީ މިދެޓީމަކީ މިފަހަރުގެ ވޯލްޑްކަޕް ކޮލިފައިން 100 ޕަސަންޓް ރެކޯރޑަކާއި އެކު ނިންމާލި ހަމަ އެކަނި ދެޓީމެވެ.
ސްޕޭން އާއި ހޮލެންޑް ބައްދަލްކުރާ ފައިނަލް ވެގެންދާނީ ފޯރިގަދަ ފުޓްބޯޅައިގެ އަސްލު ފެންވަރު ފެނިގެންދާނެ މެޗަކަށެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް