ލަންދޫ ޒުވާނުންނަށް މަޖޫ ދެ ފުޓްބޯޅަ ހަދިޔާ ކޮށްދެއްވައިފި
ލިޔުނީ : މިހާސް
ލަންދޫ ޒުވާނުން ފުޓްބޯޅަ ކުޅުމަށްޓަކައި ލަންދޫ ކައުން ސިލަރ އަދި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލްފާޟިލް މަޖުދުﷲ ޢަބުދުއްރައްޒާޤް ( މަޖޫ ) ދެފުޓްބޯޅަ ހަދިޔާ ކޮށްދެއް ވައިފިއެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުން ނަމަ މި ދެ ބޯޅައަކީ އެމް.ޑީ.ޕީ ގެފަރާތުން ހޯދި ދެ ބޯޅަ އެވެ. މަޖޫވެސް ވަނީ މިމޭރުމުން ވާހަކަ ދައްކަވާފައެވެ. .
މަޖޫ ފާހަގަ ކުރެވިފައިވަނީ މީގެ ކުރިންވެސް ލަންދޫގެ ފުޓްބޯޅައަށް ތަފާތު އެހީތައް ވެދެއްވާފައިވާ ކުޅުންތެރި އެއްގެ ގޮތުގައެވެ.
މިއަދު ލަންދޫގެ ފުލްޓީމްގައި ހިމެނޭ އެންމެ ދުވަސްވީ ކުޅުންތެރިއެއްގެ ހައިސިއްޔަތުން މަޖޫ އަންނަނީ ޒުވާން ކުޅުންތެރިންނަށް ރަނގަޅު ނަމޫނާއެއް ދައްކަަވަމުންންނެވެ. ޙާއްޞަކޮށް އޭރުވެސް އަދި މިއަދުވެސް މަޖޫ ފާހަގަ ކުރެއްވިފައިވަނީ ދަނޑުމަތީގައި ވަރުބަލި ވުމެއްނެތި މަސައްކަތް ކުރއްވާ އަޙްލާޤް ރަނގަޅު ކުޅުންތެރި އެއްގެ ގޮތުގައެވެ.
ލަންދޫގެ ތާރީޙްގައި މިފަހަކާއި ޖެހެންދެން އެންމެ އަވަސް ، އަވަހަށް ހެއަރ ސްޓައިލަށް ބަދަލް ގެންނަ ކަމަށް ފާހަގަ ކުރެއްވި ފައިވާ މަޖޫ އަކީ މިއަދުވެސް ޢާއްމުކޮށް ކުޅެންދާ އަބަދުވެސް ފިޓްކޮށް ހުރުމަށް މަސައްކަތް ކުރައްވާ ކުޅުންތެރިއެކެވެ.
މިއަދު ލަންދޫގެ އިސް ވެރިއެއްގެ ހައިސިއްޔަތުން ކައުން ސިލަރެއްގެ މަޤާމްގައި ހުންނެވި ނަމަވެސް މަޖޫ ފާހަގަ ކުރެއްވެނީ ޒުވާނުން ކުރާ ރަނގަޅު ކަންތައް ތަކުގައި ފުރިހަމައަށް ބައިވެރިވެ ލައްވާ ފަރާތެއްގެ ގޮތުގައެވެ.
ލަންދޫގެ ޒުވާނުން ކުޅެލާނެ ރަނގަޅު ބޯޅައެއް ނެތް ވަގުތެއްގައި ލަންދޫގެ ޒުވާނުންނަށް ޓަކައި ދެ ފުޓްބޯޅަ ހަނދިޔާ ކޮށްދެއްވި ކަމަށް ޓަކައި އެންމެހައި ފުޓްބޯޅަ ކުޅުންތެރިންނާއި އަދި މިބްލޮގް ގެ ފަރާތުން މަޖޫއަށް ނުހަނު އިޙްލާސް ތެރިކަމާއި އެކު ޝްކުރު ދަންނަވަމެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ