الخميس، 1 يوليو 2010

ސްކޫލް އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެެެ ޗެމްޕިއަންކަން ދޮށިމޭނާހައުސް އަށް

ލިޔުނީ : މިހާސް
 
















ނ.ލަންދޫ ސްކޫލްގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން 6 ލަނޑު 0 ލަނޑުން ރެހެންދި ހައުސް ބަލިކޮށްގެން ދޮށިމޭނާ ހައުސް އިން ހޯދައިފިއެވެ
 
















މަތީގްރޭޑް ތަކުގެ ގިނަ އަދަދެއްގެ ކުދި ބަޔަކު ފުޓްބޯޅަ މުބަރާތައް ސަސްޕެންޑް ވުމާއި ގުޅިގެން މިއަދުގެ މެޗަށް ދެ ހައުސް އިންވެސް ނެރެފައިވަނީ ވަރަށް ތުއްތު ކުދިން ކޮޅެކެވެ
 















 
 
އަހްމަދު ރަޝީދު ( ލައިބު ) ގެރެފްރީ ކަމުގައި ކުޅެވުނު މި މެޗު ނިމެންދެންވެސް މޮޅަށް ކުޅެ މެޗު ކޮންޓްރޯލް ކޮށްފައިވަނީ ދޮށިމޭނާ ހައުސް އިންނެވެ
 

















ލަންދޫ ސްކޫލްެ ސްޕޯރޓްސް މާސްޓަރ އަލްފާޟިލް ޔޫސުފް ޢަބުދުއްރަޙީމް ( ޔޫއްޓޭ ) އިޢުލާން ކުރެއްވި ގޮތުގައި މިއަދު ހަވީރު ކުޅެވުނު އިންޓަރ ހައުސް 14 ވަނަ ފުޓްބޯޅަ 



















މުބާރާތުގެ ފައިނަލް މެޗުގައި ދޮށިމޭނާ ހައުސް އިން ޖެހި 6 ލަނޑުގެ ތެރެއިން 3 ލަނޑު ޖަހާ މެޗުގެ މޮޅުކުޅުން ތެރިޔާގެ މަޤާމް ހޯދީ ގްރޭޑް – 7 ގެ ދަރިވަރު ދޮށިމޭނާ ހައުސްގެ އަޙްމަދު މުނައްވަރެވެ. އަނެއް ތިން ލަނޑުގެ ތެރެއިން 2 ލަނޑު ޖަހައި ދިނީ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ގްރޭޑް 10 ގެ ދަރިވަރު ދޮށިމޭނާ ހައުސްގެ 

 
















ހަސަން ނިޝާން އެވެ. އަނެއް ލަނޑު ޖަހައި ދިނީ މި މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނު ގްރޭޑް 3 ގެ ދަރިވަރު ދޮށިމޭނާ ހައުސްގެ ހުސެން ސަލާމް އެވެ.



















މި މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ރެހެންދި ހައުސްގެ އަލީ އަޒްމީ އެވެ. އެންމެ މޮޅު ޑިފެންޑަރަކީ މީނާގެ ބޭބެ އިބްރާހިމް އަޒީމް އެވެ. މުބަރާތުގެ އެންމެ މޮޅު ފޯރވާޑަކަށް ހޮވުނީ އަހްމަދު އާޒިމް އެވެ، ފެއާރ ޕްލޭ ކުޅުންތެރިއަކަށް ހޮވުނީ ހުސެން ޞަބާޙް އެވެ

 










މި މުބާރާތުގެ ޗެމްޕިއަންޓީމަށާއި ރަނައަޕް ޓީމަށް ތައްޓާއި ވަނަ ވަނައަށް ހޮވުނު ކުޅުންތެރިންނަށް ސެޓްފިކެޓް ހަވާލްކޮށް ދެއްވީ ސްކޫލްގެ ލީޑިންގ ޓީޗަރ އަލްފާޟިލް އަޙްމަދު ދާއޫދެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް