الخميس، 22 يوليو 2010

މިއަހަރު " 26 މެޗު " ގެ އޮޝަލްކަން ކުރުމަށް ޕޮލިހުން ހަމަޖެހޭތޯ ބަލަނީ

ލިޔުނީ : މިހާސް
މިވޭތުވެ ދިޔަ ދެއަހަރު ލަންދޫގައި މަސައްކަތް ކުރައްވާ މުޢައްޒަފުންނާއި ، ރަށުގައިތިބި ފުޓްބޯޅަ ކުޅުންތެރިންނާއި ދެމެދު ކުޅެވެމުން އަންނަ ޚާއްޞަފުޓްބޯޅަ މެޗުގެ ތެރެއިން މިއަހަރުގެ މެޗްގެ އޮފްޝަލްކަން ކުރެއްވުމަށް މަނަދޫގައި ތިއްބެވި ޕޮލިހުންގެ އެހީތެރިކަން ލިބޭތޯ ބެލުމަށް ރޭގައި ބޭއްވުނު ޚާއްޞަ ބައްދަލް ވުމަކުން ނިންމައިފިއެވެ.
ލަންދޫގައި މަސައްކަތް ކުރައްވަމުން ގެންދަވާ ސަރުކާރު މުއައްޒަފުންގެ ފުޓްބޯޅަ ޓީމްގެ ކަންތައްތައް ކުރިއަށް ގެންދާނެ ގޮތަކާއި މެދު މަޝްވަރާކޮށް ޚިޔާލްބަދަލްކޮށްލުމަށް ބޭއްވުނު ޚާއްޞަ ބައްދަލްވުމެއްގައި ޙާޒިރުވެ ތިއްބެވި ހުރިހާ ފަރާތްތަކަކުންވެސް އެންމެބޮޑަށް ބާރު އަޅާ ވާހަކަ ދައްކާފައިވަނީ ވީހާވެސް މަސްލަހަތު ހަމަޖެހޭ ފަދަ ގޮތަކަށް " 26 މެޗް " ކަންތައް ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުންނެވެ.
މިގޮތުން ވޭތުވެ ދިޔަ އަހަރުގެ ތަޖުރިބާގެ އަލީގައި ރަށުން ބޭރު މީހަކު ހަމަޖެއްސޭތޯ ބެލުމަކީ ކޮންމެހެންވެސް މުޙިއްމުކަމެއް ކަމުގައި ބައްދަލްވުމަށް ހާޒިރުވެލެއްވި ހުރިހާ ބޭފުޅުންވެސް އިއްތިފާޤްވެލެއްވިއެވެ.
ވޭތުވެ ދިޔަ އަހަރުގެ " 26 މެޗް " ނިމުމާއި އެކު ރެފްރީ އާއި މެދު ހިތްހަމަ ނުޖެހިގެނޭ ބުނެ ބަޔަކު މީހުން ހިންގި ހަމަ ނުޖެހުމަކީ ގިނަބަޔަކު ޤަބޫލްކުރާ ގޮތުގައި ލަންދޫގެ ތާރީޙްގައި ފުތްބޯޅައިން ހިގާދިޔަ އެންމެ ދަށު ދަރަޖައިގެ އަމަލްތަކެވެ.
މިހެންކަމާއި އެކު މިއަހަރުގެ " 26 މެޗް " އަށް ޕޮލިހުންގެ ފަރާތުން ރެފްރީންނާއި ލައިސްމަނުން ހަމަޖެހިއްޖެ ކަމަށްވާނަމަ ހަމަނުޖެހުމަކަށް ދިއުމުގެ ފުރުޞަތު ވަރަށް ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް