މެއްޑޯ – އޭނާގެ 100 ވަނަ ގޯލް ޖެހުމަށް މިއަދު ނިކުންނަނީ
ލިޔުނީ : މިހާސް
ލަންދޫގައި ފުޓްބޯޅައިން އެކުޅުންތެރިއެއްގެ އަމިއްލަ ތާރީޙް ބަލަހައްޓަމުން އަންނަ ކުޅުންތެރިޔާ ނ.ލަންދޫ އޮއިވަރު އަލްފާޟިލް ސަލީމް ޙުސެއިން ( މެއްޑޯ ) އޭނާގެ 100 ވަނަ ލަނޑު ޖެހުމަށްޓަކައި މިއަދު ހަވީރު ލަންދޫގެ ފުޓްބޯޅަ ދަނޑަށް ނިކުންނާނެ ކަމުގައި މެއްޑޯ މަޢުލޫމާތު ދެއްވައިފިއެވެ.
އަލްފާޟިލް ސަލީމް ހުސެއިން ( މެއްޑޯ / އެފް.ބަލަކް ) ފާހަގަ ކުރެވިފައިވަނީ ފުޓްބޯޅައަށް ނުހަނު ޝައުޤު ހުންނަ ފުޓްބޯޅަ ކުޅޭހިތްވާ އަދި ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އެންމެ ކުޑަ އިރުވެސް ފުޓްބޯޅަކުޅުމަށް ޝައުޤްހުންނަ މެއްޑޯ ފާހަގަ ކުރެވިފައިވަނީ ދަނޑުމަތީގައި ކުޅުންތެރިން ކުރާ ރަނގަޅުކަންތައްތައް ވަރަށް ބޮޑަށް ފާހަގަ ކުރައްވާ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވަވާ ބޭފުޅެއްގެ ގޮތުގައެވެ.
މިހާރު މުޅިދުނިޔެއަށް މަޝްޙޫރު އިރޭސިވިލާތުގެ ޗެލްސީއަށް ސަޕޯރޓްކުރައްވާ، ޤުރުބާންވެލައްވަވާ މެއްޑޯގެ އެންމެ މަޤްބޫލްކުޅުންތެރިޔަކީ މެއްޑޯއަށް ފުޓްބޯޅަ ދަނޑުގައި ވަނަމަކަށް ބޭނުންކުރެވޭ ނަން ( އެފް.ސީ ބަލަކް ) ނިސްބަތް ވެގެންވާ ޖާރމަންގެ ކެޕްޓަން މައިކަލް ބަލަކް އެވެ.
ކުޅެންދާ ކޮންމެ ދުވަހަކުވެސް ޖެހޭ ގޯލްތަކުގެ ރެކޯރޑްސްތައް އަމިއްލައަށް ބަލަހައްޓަވަމުން ގެންދަވާ މެއްޑޯ މިއަދު ފާހަގަ ކުރެވިފަިވަނީ ފުޓްބޯޅަ ދަނޑުމަތީގައި ނުހަނު ގަދަ ހިތްވަރާއި އެކު މަސައްކަތް ކުރާ ބިރުކުޑަ އަދި ޖެހިލުންކުޑަ ކުޅުންތެރިއެއްގެ ގޮތުގައެވެ.
ދަނޑުމަތީގައި ރުޅިއަންނަން ނޭގޭ މެއްޑޯއަކީ މިފަހަކަށް އައިސް ލަންދޫއިން ބޭރު ރަށްރަށުގައި ބޭއްވުނު ފުޓްބޯޅަ މުބާރާތްތަކުގައި ބައިވެރިވެފައިވާ ޓީމްތަކުގެ މެނޭޖަރުކަމާއި އަދި އޮފިޝަލްކަން ކޮށްދެއްވާފައިވާ ފުޓްބޯޅައިގެ ބޭފުޅެކެވެ.
މެއްޑޯ މައުލޫމާތު ދެއްވާ ގޮތުގައި މިއަދުގެ މެޗަށް މެއްޑޯ ނިކުންނާނީ އޭނާގެ ފުޓްބޯޅައިގެ ހަޔާތުގައި 100 ވަނަ ގޯލްޖަހާ ކުޅެންދާ ހުރިހާ ކުޅުންތެރިންނަށް ބޮޑިބަތް ކާން ދިނުމަށް ބޮޑިބަތްވެސް ކައްކައިގެންނެވެ.
އަޅުގަނޑުގެ އެދުމަކީ މެއްޑޯގެ 100 ވަނަ ގޯލް މިއަދު އޭނާއަށް ޖެހޭނެގޮތް ވުމެވެ. އަދި މެއްޑޯ އަމިއްލައަށް ބަލަކް ގެ ކުރިއަށް ލައިިފައިވާ " އެފް.ސީ " ގެ ހަޤީގީ މާނަ ކުޅުންތެރިންނަށް ހާމަ ކޮށްދެއްވާނެ ކަމަށެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ