الثلاثاء، 20 يوليو 2010

މިފަހަރުގެ 26 މެޗުގައި ތަރިންގެ ގޮތުގައި ފެނިގެންދާނެ ކަމަށް ޤަބޫލްކުރެވޭ ކުޅުންތެރިން

ލިޔުނީ: މިހާސް
މިފަހުގެ އުފާވެރި މިނިވަން ދުވަހުގެ މުނާޞަބަތުގައި ލަންދޫގައި މިވަގުތު ހުރި ސަރުކާރު މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ލަންދޫ ޒުވާނުންނާއި ދެމެދު ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ ފުޓްބޯޅަ މެޗުގައި ޢާދަޔާ ޚިލާފް ކުޅުމަކާއި ހުނަރެއް ދައްކާނެކަމަށް އަޅުގަނޑަށް ޤަބޫލްކުރެވޭ ބައެއް ކުޅުންތެރިން މި ފުރުޞަތުގައި ފާހަގަ ކޮށްލާނަމެވެ.
މިގޮތުން މިފަހަރުގެ 26 މެޗުގައި އެންމެމޮޅުކުޅުމެއް ދައްކާނެކަމަށް އަޅުގަނޑަށް ޤަބޫލްކުރެވޭ ފުރަތަމަ ކުޅުންތެރިއަކީ މިވަގުތު ލަންދޫގައި ހުރި އެންމެމޮޅު ކުޅުންތެރިއެއްކަމަށް ގިނަބަޔަކު ޤަބޫލްކުރާ ލަންދޫގެ މަޝްހޫރު ހުނަރުވެރި ކުޅުންތެރިޔާ ނ.ލަންދޫ ސްކޫލްގެ ޓީޗަރެއްގެ ވަޒީފާއިގައި މިވަގުތު ހުންނެވި ޔޫސުފް ޢަބުދުއްރަޙީމް ( ޔޫއްޓޭ ) އެވެ. މިވަގުތު ޔޫއްޓޭ ހުރީ މީނާގެ އަސްލު ފޯމްގައިކަން ފާހަގަކޮށްލަން ޖެހެއެވެ.
މިފަހަރުގެ 26 މެޗުގައި ދެން ތަރިންގެ ގޮތުގައި ފާހަގަ ކޮށްލެވޭނެކަމަށް އަޅުގަނޑަށް ޤަބޫލްކުރެވޭ ކުޅުންތެރިންނަކީ މިދިޔައަހަރުގެ ލަންދޫގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ވާދަކުރި ހެލްތު ސެންޓަރގައި މަސައްކަތް ކުރައްވަމުން ގެންދަވާ ހުސެން ޖަވާދު ( ޖަވާ ) އާއި މިހާރު ލަންދޫގެ ސީނިއަރ ޓީމުން ފެނިގެންދާ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ލަންދޫ ޒުވާން ކައުންސިލަރ މަޖުދުﷲ ޢަބުދުއްރައްޒާޤް ( މަޖޫ ) އެވެ. މަޖޫއަށްފަހު 26 މެޗުގައި ޢާދަޔާ ޚިލާފް ކުޅުމެއް ދައްކާނެ އެއްކުޅުންތެރިއެއްގެ ގޮތުގައި އަޅުގަނޑަށް ޤަބޫލްކުރެވެނީ ލަންދޫ ކޯޓްގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާ ލަންދޫގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއްޑިފެންޑަރ ޢަލީ ދާއޫދު ( އައްޔަ ) އެވެ.
ޒުވާނުންގެ ޓީމުން މިފަހަރުގެ 26 މެޗުން އެންމެ ބޮޑަށް ވިދާލާނެ ކަމަށް އަޅުގަނޑަށް ޤަބޫލްކުރެވެނީ ޓީމްގެ ފަހަތް ބަލަހައްޓާނެކަމަށް ބެލެވޭ އިސްމާޢިލް ޝިމާޒް ( ކައްޓި ) އާއި ގޯލްކީޕަރ އަޙްމަދު ޝަކީލް ( ޝައްކޭ ) އެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް