ވޯލްޑްކަޕްގެ ތައްޔާރީތައް ވަރަށް ފޯރި އާއި އެކު ކުރިއަށް
ލިޔުނީ : މިހާސް
މިއަހަރުގެ ފިފާ ވޯލްޑް ކަޕްގެ ފޯރިގަދަ ކުރުމަށްޓަކައި ލަންދޫ ޒުވާނުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ސްޓޭޖް ތައްޔާރު ކުރުމުގެ މަސައްކަތް ރޭގައި ކުރެވިގެން ހިގަންޖެއެވެ
ވަރަށް ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި މިމަސައްކަތުން ރޭގައިވަނީ ވޯލްޑްކަޕް ބެލުމަށް ތައްޔާރު ކުރެވޭ ސްކްރީންގެ މަސައްކަތް ގާތްގަޑަކަށް ނިމިފައެވެ. އަދި ހަމަ އެހެންމެ ކުޅިވަރު ސްޓޭޖުގައި ޤައުމުތަކުގެ ދިދަ ކުރެހުމާއި މުބާރާތުގެ ލޯގޯ ކުރެހުމުގެ މަސައްކަތްވެސް ވަނީ ވަރަށް ގަދައަށް ކުރެވިފައެވެ.
ރޭގެ މިމަސައްކަތް ކުރެވިފައިވަނީ ވަރަށް އެކުވެރި މާހައުލެއްގައި ވަރަށް ފޯރިއާއި ޖޯޝާއި އެކުގައެވެ. މި މަސައްކަތުގައި މިވަގުތު ރަށުގައި ތިބި ހުރިހާ ޒުވާނުން ކަހަލަ ގޮތަކަށް ޢަމަލީގޮތުން ބައިވެރި ވެފައި ވެއެވެ
ލަންދޫގައި މިވަގުތު އޮތް ހަމައެކަނި ޖަމްޢިއްޔާ ކަމުގައިވާ " ލިޔެސް " ގެ މިދަޢުރުގެ ރައީސް އަލްފާޟިލް ހަފްސީ ޢާބުދުﷲ މަޢުލޫމާތު ދެއްވި ގޮތުގައި މިފަހަރުގެ ފީފާ ވޯލްޑްކަޕް ކުލަ ގަދަ ގޮތެްގައި ފޯރިގަދަ ގޮތަކަށް ރަށުގައި ކުރިއަށް ގެންދިއުމަށް ހިންގޭ މި ހުރިހާ ހަރަކާތަކީ " ލިޔެސް " އިން ޚަރަދުކޮށްގެން " ލިޔެސް " އިން އިސްނަގައިގެން ކުރިއަށް ގެންދެވޭ ހަރަކާތްތަކެކެވެ

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ