ކައްޕި ނާޝިދު – އިތުބާރުނެތްކަމުގެ ވޯޓުން ސަލާމަތްވެއްޖެ
ލިޔުނީ : މިހާސް
ލަންދޫ ސީނައަރ ޓީމްގެ ކެޕްޓަން ހަސަން މާހިރު ( މާޓިން ) ކުއްލި ގޮތަކަށް މާލެދާން ޖެހުމާއި ގުޅިގެން ޓީމްގެ ކެޕްޓަން ކަމާއި އަލަށް ހަވާލްވި އަރަމުން އަންނަ ޒުވާން ކުޅުންތެރިޔާ ޢަބުދުﷲ ނާޝިދު ( ނާއްޕެ ) ގެ ކައްޕި ކަމަށް އިތުބާރު ނެތްކަމަށް ދާދި ދެއްމެއަކު ނެގުނު ވޯޓުން އޭނާ ސަލާމަތް ވެއްޖެއެވެ.
މާދަމާ ކުޅުމަށް ހަމަޖެހިފައިވާ އެކުވެރި ކަމުގެ މެޗަށް ޓީމްތައްޔާރުވުމަށް ކަމަނަ ވެހީގައި ބޭއވުނު ބައްދަލް ވުމަށް ހާޒިރުވި ވިއްސަކަށް ކުޅުންތެރިންގެ ތެރެއިން ނާޝިދު ކެޕްޓަނުކަމުން ވަކި ކުރުމަށް ވޯޓް ދީފައިވަނީ ހަމަ އެންމެ ފަސް ފަރާތަކުންނެވެ.
ނާޝިދުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓްނެގުމަށް ހުށައެޅުނީ މިއަދު ބޭއްވުނު އެންމެފަހު ގެ ޕްރެކްޓިސްއަށްނުދިއުމުންނާއި މިރޭގެ ބައްދަލްވުމަށް ގަޑިއަށް ހާޒިރު ނުވުމުގެސަބަބުންނެވެ. މިދެކަންތަކަށް އިހްމާލްވެވުނު ސަބަބު ނާޝިދުވަނީ ފަހުން ހުރިހާ ކުޅުންތެރިންނަށް ސާފްކޮށްދީފައެވެ.
ނާޝިދުގެ ކައްޕި ކަމުގެ މައްޗަށް އިތުބާރުނެތްކަމަށް ނެގުނު މިވޯޓުން ނާޝިދު ސަލާމަތްވީތީ ނާޝިދުއަށް މަރުޙަބާ ކިޔަމުން މިފަދަ ވޯޓަކަށް ދާންޖެހޭފަދަ ގޮތަކަށް ކުރިމަގުގައި ޢަމަލްތައް ނުބެހެއްޓުމަށް ނަޞޭޙަތްތެރި ވަމެވެ.
0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ