الخميس، 3 يونيو 2010

މިހަފްތާގައި ކުޑަފުނަފަރު

ލިޔުނީ : މިހާސް













ލަންދޫގައި މިހާރުފެށިގެން ކުރިއަށްދާ އެކުވެރި ކަމުގެސިލްސިލާ ފުޓްބޯޯޅަ މެޗުތަކުގެ ތެރެއިން މިހަފްތާގެ މެޗުގައި މާދަމާނޫން އަނެއްދުވަހު ( ހޮނިހިރު ދުވަހު ) މިއަތޮޅުގެ ރިސޯރޓެއްކަމުގައިވާ ކުޑަފުނަފަރުގެ ޓީމާއި ބައްދަލް ކުރާގޮތައް ހަމަ ޖެހިއްޖެއެވެ.
މިމެޗު ހަމަ ޖެހިގެން މިދިޔައީ ރަށުގައި ކުޅޭނެ ޓީމެއް ހަމަ ނުޖެހިއްޖެނަމަ ރަށުންބޭރަށް ގޮސްގެންނަމަވެސް މިހަފްތާގެ މެޗު ކުޅުމަށް ގިނަ ކުޅުންތެރިންތަކެއް އެދެމުން ދާ ވަގުތެއްގައެވެ.
ލަންދޫ ގައި އެންމެފަހުން ކުޅެވުނު އެކުވެރި ކަމުގެ މެޗު ލަންދޫ " ލިޔެސް " ގެ ޓީމުންވަނީ ފަހަތުން އަރާ ވާދަވެރި މާޅެންދޫ ޓީމް ބަލިކޮށްލައިފައެވެ.
ހޮނިހިރު ދުވަހު ލަންދޫގެ " ލިޔެސް " ޓީމް ނިކުންނަ އިރު މިދިޔަ އަހަރު މާޅެންދޫގައި ބޭއްވުނު އެސް.އެސް.ޖީ ކަޕްގެ އެންމެ މޮޅުކުޅުންތެރިއަކަށް ހޮވުނު މުޙައްމަދު ސަމާޙް ( ސަމައްޓޭ ) ވެސް މިވަގުތު ހުރީ ރަށުގައެވެ. މިހެންކަމުން މިހަފްތާގެ މެޗަކީ އެހެން މެޗްތަކަށްވުރެ ފުރިހަމަ މެޗަކަށް ވެގެންދާނެކަމަށް ބެލެވެއެވެ.
އަނެއްކޮޅުން ހޮޮނިހިރު ދުވަހު އަންނަން ހަމަޖެހިފައިވާ ކުޑަފުނަފަރަކީ އެސް.އެސް.ޖީ ކަޕްގެ ފައިނަލްގައި ލަންދޫ ތަމްސީލްކުރި " ލިޔެސް " ގެ ޒުވާންޓީމް ބަލިކުރި ޓީމްކަންވެސް މިފުރުޞަތުގައި ފާހަގަ ކޮންލަން ޖެހެއެވެ.
މިހުރިހާ ސަބަބާއި ހުރެ މިހަފްތާގެ މެޗުވެގެންދާނީ ވަރަށް ޚާއްޞަ މެޗަކަށެވެ.


0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް