الجمعة، 4 يونيو 2010

ރަންބޫޓް - ވާދަވެރިކަން ވަރަށް ބޮޑު

ލިޔުނީ : މިހާސް












ލަންދޫގައި ކުޅެވޭ އެކުވެރި ކަމުގެ ފުޓްބޯޅަ މެޗުތަކުގައާއި ރަށުގައި ބޭއްވޭ ތަފާތު މުބާރާތްތަކުގަ އާއި ރަށުގައި ކުޅެވޭ ވާދަވެރި މެޗުތަކުގައާއި އަދި ރަށުން ބޭރުގައި ރަށުޓީމް ކުޅޭ މެޗުތަކުގައި އެންމެގިނަ ލަނޑުޖަހާ ކުޅުންތެރިއަކު ހޮވާ އެކުޅުންތެރިއަކަށް ރަންބޫޓް ދިނުމަށް " ލަންދޫ އިންފޯ " އިން މިދިޔަ އަހަރު އިޢުލާން ކުރުމާއި ގުޅިގެން ލަނޑުޖެހުމުގެ ވާދަވެރިކަން މިވަނީ ވަރަށް ބޮޑުވެފައެވެ.
މިގޮތުން މިހާތަނަށް ލަންދޫޓީމުން އެންމެ ގިނައިން ގޯލް ޖަހާފައިވަނީ ލަންދޫގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ކަމަށްވާ ޔޫސުފް ޢަބުދުއްރަޙީމް ( ޔޫއްޓޭ ) އާއި ހުސެން ޖަވާދު ( ޖަވާ ) އެވެ. މިއިން ކޮންމެ ކުޅުންތެރިއަކުވެސް ވަނީ ރަށުޓީމަށް 3 ގޯލް ކާމިޔާބު ކޮށްދީފައެވެ.
ދެގޯލް ޖަހައިގެން ރަންބޫޓަށް ވާދަކުރާ ދެތިން ކުޅުންތެރިން ތިބިއިރު އެއްގޯލް އާއި އެކު މިރޭހުގައި ވާދަކުރާ ކުޅުންތެރިންވެސް މަދެއް ނޫނެވެ.
މާދަމާ ކުޑަފުނަފަރާއި އެކު ކުޅެވޭ އެކުވެރި ކަމުގެ މެޗަކީ މިރޭހުގައި ވާދަކުރާ ކުޅުންތެރިންނަށް ލިބިގެން ދާނެ ވަރަށް ރަނގަޅު ފުރުޞަތެކެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް