މިފަހުރު އެންމެ ވިދުން ގަދަވާނެ ތަރި
ލިޔުނީ : މިހާސް
ދުނިޔޭގެ ފުޓްބޯޅައިގެ މުބާރާތް " ފީފާ ވޯޅްޑްކަޕް " ފެށޭއިރު މި މުބާރާތުގެ ތަރިންގެ ގޮތުގައި ފާހަގަ ކުރެވިގެންދާނެ ކުޅުންތެރިންނަށް ބަލާލާއިރު އެންމެގިނަ ބަޔަކު މިލިސްޓްގެ އެންމެ ކުރިދޭނީ މިވަގުތު ދުނިޔޭގެ އެންމެމޮޅު ކުޅުންތެރިޔާގެ މަޤާމްގައި ހުރި އާޖެންޓީނާގެ ލިނިއޮލް މެސީކަން ޔަޤީނެވެ.
24 ޖޫން 19987 ގައި އާޖެންޓީނާއަށް އުފަން މިކުޅުންތެރިއަކީ ގިނަ ބަޔަކު ޤަބޫލްކުރާ ގޮތުގައި މިހާތަނަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅުކުޅުންތެރިޔާވެސް މެއެވެ. މިކަމުގެ ހެއްކަކަށް ދާދިފަހުން ދުނިޔޭގެ މަޝްހޫރު ކުޅިވަރު ޗެނެލްއެއް ކަމަށްވާ އީ.އެސް.ޕީ އެން އިން ނެގުނު ޕޯލްއަކުން ޑިއެގޯ މެރެޑޯނާއަށް ވުރެ އިތުރަށް ވޯޓް ލިބެގެން ދިއުން ފާހަގަ ކޮށްލެވެއެވެ.
އިސްކޮޅުގައި 1.6 މީޓަރ ހުންނަ މިކުޅުންތެރިޔާ ފާހަގަ ކުރެވެނީ ކުރު ކޮށްޓުންތަކަކާއި އެކު ހީނުކުރާކަހަލަ ގޮތަކަށް އިދިކޮޅު ޑިފެންސްލައިން ފަސޭހަ ކަމާއި އެކު ފޫއަޅުވާލާ ގޯލުޖަހާ ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުގައެވެ
.
ހަށިގަނޑު ކިތައްމެ ކުދަކަމަށް ދެއްކިއަސް ބަރުދަނުގައި 62 ކިލޯ ހުންނަ މެސީ އަކީ މިއަދު އާޖެންޓީނާގެ އުއްމީދާއި ގުޅިފައިވަ އެންމެ ހުނަރުވެރި ކުޅުންތެރިޔާއެވެ. ދުނިޔެގެ ގިނަ ބައެއްގެ ތާޢީދާއި މަޝްހޫރުކަން ހޯދާފައިވާ އާޖެންޓީނާގ ކުރީގެ މަޝްހޫރު ކުޅުންތެރިޔަ އަދި މިހާރު އާޖެންޓީނާގެ ޤައުމީ ޓިމްގެ ކޯޗު ޑިއެގޯ މެރެޑޯނާ ބުނާގޮތުން ނަމަ މިފަހަރުގެ ފީފާ ވޯލްޑްކަޕުން އެންމެ ވިދުން ގަދަ ތަރިއަކަށް ވާނީ ސްޕޭންގެ އެފް . ސީ ބާސާއަށް ކުޅެމުން އަންނަ މި ހުނަރު ވެރި ކުޅުންތެރިޔާއެވެ
.
ގިނަ ބަޔަކު މެސީ ފާހަގަ ކުރަނީ ސްޕީޑް ރަނގަޅު ރަނގަޅުވަގުތުގައި ރަނގަޅުތަނަށް ޕާސްދީ ގޯލަށް ޖަހަން ޖެހޭ ވަގުތުގައި ގޯލަށް ޖަހާ ކުޅުންތެރިއެއްގެ ގޮތުގައެވެ.
ދަނޑުމަތީގައި ޑިސިޕްލިންގ އެންމެ ރަނަގަޅަށް ބަހައްޓަމުން އަންނަ އެންމެ މަޝްޙޫރު ކުޅުންތެރިއެއްގެ ގޮތުގައި ދުނިޔޭގެ ގިނަބަޔަކު ޤަބޫލްކުރަނީ މެސީ ކަމުގައެވެ. މެސީ އަކީ ލަނޑުޖެހުމަށްފަހު އުފަފާޅުކުރާ އަދި ހަމަ އެހެންމެ އެހެން ކުޅުންތެރިން ލަނޑުޖެހީމަ އެކުޅުންތެރިންނާއި އެކު ލަނޑު ޖެހުމުގެ އުފާ ފާޅުކުރުމުގައި ފުރިހަމައަށް ބައިވެރިވާ ހުރިހާ ކުޅުންތެރިންނާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ފުޓްބޯޅައިގެ ނަމޫނާ ކުޅުންތެރިއެކެވެ.
މިހާތަނަށް 214 މެޗުކުޅެ 127 ލަނޑުޖަހަފައިވާ މި ހުނަވެރި ކުޅުންތެރިޔާގެ ފަރާތުން ފުޓްބޯޅައިގެ ޖާދޫތަކެއް ފެނުމަކީ އަޅުގަނޑުމެން އެންމެންވެސް ކުރަމުން އަންނަ ވަރަށް ބޮޑު އުއްމީދެކެވެ.



0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ