މިރޭގެ މެޗަށް ސަޕޯރޓަރުން އަންނަ އިރު ވިސްނާލަން މުޙިއްމު ނުކުތާއެއް
ލިޔުނީ : މިހާސް
މިއަހަރުގެ ފީފާ ވޯލްޑްކަޕްގެ ފޯރި އެންމެ ބޮޑަށް ނަގަމުން އަންނަނީ " ލިޔެސް " އިން ލަންދޫ ރައްޔިތުންގެ ކުޅިވަރު ސްޓޭޖްގައި ތައްޔާރުކޮށްފައިވާ ޖަގަހައިން ކަމަށް ވާއިރު މިސަރަހައްދަކީ ވަށައިގެން ތުއްތު ކުދިންނާއި ، މާބަނޑު މީހުންނާއި ގައިބާރު ދެރަވެފައިވާ މުސްކުޅިން ދިރި އުޅެމުން ގެންދާ ސަރަހައްދަކަށްވާއިރު ފޯރި ނެގުމުގައި މިހާރު މިވަނީ އިތުރަށް ވިސްނާލަން ޖެހިފައެވެ.
ރޭ ކުޅެވުނު އާޖެންޓީނާ އާއި މެކްސިކޯ ބައްދަލްކުރި މެޗު ކުރިއަށް ދިޔަވަގުތު ބައެއް ސަޕޯރޓަރުންގެ ޢަމަލްތައް ހުރި ގޮތުން އެހިސާބުގައި ދިރި އުޅެމުން ގެންދާ ގިނަބަޔަކު ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. މިހެންކަމާޢި އެކު މިކަމަކީ ރަށުގެ އެންމެ ގިނަ ބަޔަކު ސަޕޯރޓް ކުރަމުން ގެންދާ ބްރެޒިލް މިރޭ ޗިލީ އާއި ދެކޮޅަށް ކުޅޭއިރު ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ.
ސްޓޭޖު ސަރަޙައްދުގައި ދިރި އުޅެމުން ގެންދާ ޢާއްމު ރައްޔިތުންނަށް އުދަގޫ ނުވާފަދަ ގޮަތަކަށް ސަޕޯރޓް ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަކީ ވަރަށް މުޙިއްމު ކަމެކެވެ.
0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ