އިންގްލެންޑް ކަނޓާނެކަން ޔަޤީން ވުމާއި އެކު އިގިރޭސި ސަޕޯރޓަރުން ޖަގަހަ ދޫކޮށް ހިގަންޖެ
ލިޔުނީ : މިހާސް
ދެކުނު އެފްރިކާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކްއާޓަރ ފައިނަލަށް ދިއުމަށްޓަކައި މިރޭ 7:00 ގައި އިގިރޭސި ވިލާތާއި ޖަރުމަން ބައްދަލްކުރި މެޗުގައި އިގިރޭސި ވިލާތް ބަލިވާނެކަން ޔަޤީން ވުމާއި އެކު " ލިޔެސް ފީފާ ވޯލްޑްކަޕް ޖަގަހަ " ގައި ވަގުތުން މެޗުބަލަން ތިބި ރަށުގެ ޒުވާން އިގިރޭސި ސަޕޯރޓްރުން ޖަގަހަ ދޫކޮށްލައިފައި ހިގަންޖެއެވެ.
މިރޭގެ މެޗް ބަލަން މިޖަގަހައަށް އެއްވި ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފޯރި ނަގާފައެވެ. މިރޭ ގިނަ ބަޔަކުސަޕޯރޓް ކުރަމުން ދިޔަ އީ ޔޫއްޓޭ އާއި ޖަވާގެ އިގިރޭސި ޓީމާއި އިދިކޮޅަށް މެއްޑޯގެ ޖާރމަން ޓީމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިގިރޭސި ވިލާތް ކެޓްމާއި ގުޅިގެން އިގިރޭސި ޓީމަށް ސަޕޯރޓް ކުރި ފަރާތްތައް ހޯދުމަށްޓަކައި އެހެންޓީމްގެ ސަޕޯރޓަރުން މިހާރުވަނީ މަސައްކަތް ފަށާފައެވެ. މިކަމުގެ އެންމެ ކުރީގައި އުޅެނީ ބްރެޒިލް އާއި އާޖަންޓީނާގެ ސަޕޯރޓަރުންނެވެ.
މިރޭގެ 11:30 ގައި ފެށޭމެޗުވެސް ވެގެން ދާނީ ސަޕޯރޓަރުންގެ މެދުގައި ވަރަށް ފޯރިނަގާނެ މެޗަކަށެވެ.
0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ