الثلاثاء، 29 يونيو 2010

އެންމެ މަޤްބޫލް ޓީމްތައް ގަދަ އަށެއް ކަށަވަރުކޮށްފި

ލިޔުނީ : މިހާސް

 

ލަންދޫގެ ގިނަ ރައްޔިތުން ތަކެއް މި ފަހަރުގެ ފީފ ވޯލްޑްކަޕްގައި އެންމެ ސަޕޯރޓްކުރާ ޓީމްތައް ފަސޭހަ ކަމައި އެކު ގަދަ އަށަކަށް ދަތުރު ކޮށްފިއެވެ.
ލަންދޫގެ ގިނަ ރައްޔިތުން ތަކެއް އެންމެ ބޮޑަށް ސަޕޯރޓް ކުރަމުން އަންނަނީ ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅައިގެ ޤައުމު ކަމުގައިވާ ބްރެޒިލް އަށާއި، އާޖެންޓީނާ އަށެވެ.
މީގެ ދެތިން އަހަރާއި އަޅާބަލާއިރު މިފަހަރު ދިވެހިންގެ ތެރޭގައި އާޖެންޓީނާއަށް ސްޕޯރޓްކުރާ މީހުންގެ އަދަދު މިވަނީ އެތައް ގުނައެއް އިތުރު ވެފައެވެ. ސަބަބެއް ކަމަށް ވެފަައިވަނީ ދިވެހިންގެ އިތުރަށް މުޅި ދުނިޔޭގެވެސް މަޤްބޫލްކަން ހޯދާފައިވާ އާޖެންޓިނާގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ޑިއެގޯ މަރަޑޯނާ މިފަހަރު އާޖެންޓީނާގެ ކޯޗަކަށް ހުރުމެވެ.
ލަންދޫގައި އާޖެންޓީނާ އާއި ބުރެޒިލް ނަގަފަ ދެން އެންމެ ގިނަ ބަޔަކު ސަޕޯރޓް ކުރަމުން ގެންދާ ޓީމަކީ ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ސްޕޭން އެވެ.
މިރޭ ޕޯޗްގަލް އާއި އެކު ކުޅެވޭ މެޗުން ސްޕޭން މޮޅުވެއްޖެނަމަ ލަންދޫގެ އެންމެ ގިނަ ބަޔަކު ސްޕޯރޓް ކުރަމުން ގެންދާ ހުރިހާ ޓީމެއްކަހަލަ ގޮތަކަށް ކްއާޓަރ ފައިނަލަށް ދާނެއެވެ.
މިހެންވެއްޖެ ކަމަށްވާނަމަ ފުޓްބޯޅައިގެ އަސްލު ފޯރީގައި ލަންދޫ ރައްޔިތުންނަށް މިފަހަރުގެ ފީފާ ވޯލްޑްކަޕް ބަލާލުމުގެ ފުރުޝަތު ލިބިގެން ދާނެއެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް