السبت، 26 يونيو 2010

ވޯލްޑް ކަޕް - މަރުގެ ބުރުތައް މިރޭ ފެށެނީ

ލިޔުނީ : މިހާސް












މިހާރު ދެކުޅު އެފްރިކާގައި ދުނިޔޭގެ ތައްޓައް ކުޅެވޭ ފުޓްބޯޅަ މުބާރާތުގައި ފުރަތަމަ ބުރު ނިމުމަށްފަހު މިރޭ ދެވަނަ ބުރު ފެށޭނެއެވެ.
މިރޭ ދެވަނަ ބުރު ފެށޭއިރު އެންމެ ބޮޑު ހައިރާން ކަމެއް ލިބިގެން ދިޔައީ އެންމެފަހުގެ ޗެމްޕިއަން އިޓަލީ ފުރަތަމަ ބުރުން ކަޓައިގެން ދިއުމެވެ. އަދި ހަމަ އެހެންމެ އަޅުގަނޑުމެންގެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކަށްވީ އޭޝިޔާގެ ދެޓީމެއް ގަދަ 16 ގައި ހިމެނިގެން ދިއުމެވެ.
ވޯލްޑްކަޕްގެ ތާރީޙްގައި ފުރަތަމަ ފަހަރަށް ދެވަނަ ބުރަށް ދަތުރުކުރި ޖަޕާނުންވަނީ މިހާތަނަށް މި މުބާރާތުގައި ޢަދަޔާ ޚިލާފް މޮޅުކުޅުމެއް ދައްކާ ބޮޑަތި ޓީމްތައް ހައިރާން ކުރުވާފައެވެ. މިޓީމުް މިފަހަރުވަނީ ފުޓްބޯޅައިގެ ތަރިންގެ ގޮތުގައި ފަހަގަ ކޮށްލެވޭފަދަ ހުނަރުވެރި ކުޅުންތެރިއަކުވެސް ދައްކުވައި ދީފައެވެ.
މިރޭ ދެވަނަ ބުރު ފެށޭއިރު އަޅުގަނޑުމެންގެ ސ.ކޮރެއާ ގެ ކޫލުންފެނިގެން ދާނެޓީވެ އުފާކުރަމެވެ. މިއީ އޭޝިޔާ ސަރަޙައްދަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކާމިޔާބެކެވެ.
ދެވަނަ ބުރު ފެށިގެން ދާއިރު ފާހަގަ ކޮށްލަންޖެހޭ އަނެއްކަމަކީ އަޅުގަނޑުމެންގެ ތެރެއިން އެންމެ ގިނަ މީހުން ސަޕޯރޓްކުރާ ބުރެޒިލް ، އާޖެންޓީނާ ، ސްޕެއިން އަދި ޕޯޗްގަލް ފަދަ ވަރުގަދަ ޓީމްތަކުގެ ކުޅުން ފެނިގެން ދާނެކަމެވެ.
މިހެންކަމައި އެކު ދެވަނަ ބުރު ވެގެންދާނީ ހުރިހާ ގޮތަކުންވެސް ފޯރިގަދަ ބުރަކަށެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް