الخميس، 24 يونيو 2010

ދެވަނަ ބުރުގައި އިގިރޭސި ވިލާތާއި ޖަރުމަން ބައްދަލްކުރާ މެޗު ބޮޑު މެޗަކަށް ވާނެ

ލިޔުނީ : މިހާސް









ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ޖަރުމަނާއި އިގިރޭސި ވިލާތް ބައްދަލްކުރާ މެޗު ވެގެން ދާނީ މި މުބާރާތުގެ ކުޅެވޭ ވަރުގަދަ މެޗެއްގެ ގޮތުގައެވެ
ނަމަވެސް މި މިބާރާތުގައި މިހާތަނަށް އެދެޓީމް ކުޅުނު މެޗުތަކަށް ބަލާއިރު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
ޙާއްޞަކޮށް ޔޫރަޕްގެ މީޑިއާތަކުން އެންމެ މަޝްޙޫރު ކުރަމުން އަންނަ އިގިރޭސި ވިލާތުގެ ފަރާތުން މި މުބާރާތުގައި ފެނިގެން ގޮސްފައިވަނީ ދަށް ކުޅުމެކެވެ. މިޓީމް ދެވަނަ ބުރަށް ދަތުރުކޮށް ފައިވަނީ ގްރޫޕްގެ ދެވަނަ ޓީމެއްގެ ގޮތުގައެވެ. އެގްރޫޕްގެ އެއްވަނަ ޓީމެއްގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދާފައިވަނީ ފުޓްބޯޅައަށް އެހާ މަޝްޙޫރު ނޫން އެމެރިކާ އެވެ.
މިހެން ކަމާއިއެކު ދެވަނަ ބުރަށްވުރެ ކުރިއަށް އިގިރޭސި ޓީމަށް ދިއުމާއި މެދު ގިނަބައެއްގެ މެދުގައި ވަނީ ވަރަށް ބޮޑަށް ޝައްކު އުފެދިފައެވެ.


0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް