ދެވަނަ ބުރުގައި އާޖެންޓީނާ މެކްސިކޯ އާއި އަދި އުރުގުއާއި ސ.ކޮރެއާ އާއި ބައްދަލްކުރާ ގޮތައް ހަމަޖެހިއްޖެ
ލިޔުނީ : މިހާސް
މިހާރު ދެކުނު އެފްރިކާގައި ކުރިއަށްދާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މަޝްޙޫރު އާޖަންޓީނާއެޓީމް ހިމެނޭ ބީ ގްރޫޕްގެ އެއްވަނަ ޓީމްގެ ހައިޞިއްޔަތުން އޭ ގްރޫޕްގެ ދެވަނަ ޓީމް މެކްސިކޯ އާއި އަދި ގްރޫޕް އޭގެ އެއްވަނަ ހޯދި އުރުގުއާއި ގްރޫޕް ބީ ގެ ދެވަނަ ލިބުނު ސައިތު ކޮރެޔާ އާއި ބައްދަލް ކުރާ ގޮތައް ހަމަ ޖެހިއްޖެއެވެ.
މި މުބާރާތް މިހިސާބަށް އައި އިރު ފާހަގަ ކޮށްލަންޖެހޭ އެންމެ މުޙިއްމު ކަމަކީ ފިފާ ވޯލްޑްކަޕްގެ ތާރީޙްގައި ފުރަތަމަ ފަހަރަށް މުބާރާތް ބާއްވާ ޤައުމެއްގެ ގޮތުގައި މިފަހަރު މުބަރާތް ބާއްވާ ޤައުމު ދެކުނު އެފްރިކާ ވެގެން ދިޔަކަމެވެ.
ހަމަ އެހެންމެ އެންމެ ކުޑަމިނުން މި މުބާރާތުގެ ގަދަ އަށަކަށް ދާނެކަމަށް ގިނަބަޔަކު ދެކެމުން އައި ފްރާންސްގެ ޓީމް ކަޓައިގެން ދިޔަ ލަނދުވެތި ހުތުރުގޮތްވެސް ފާހަގަ ކޮށްލެވެއެވެ.
ކުރިއަށް އޮތްތަނުގައި މުބާރަތުން ފެނިގެން ދާނެ މަންޒަރުތަކެއް ވަޒަން ކޮށްލަންވެސް މިފަހަރު މިވަނީ ދަތި އުދަގޫ ކަމަކަށް ވެފައެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ