ފީފާ ވޯލްޑްކަޕްގެ ފޯރި ދަށްވުން
ލިޔުނީ : މިހާސް
މިފަހަރުގެ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފޯރި ކުރިއަށް އޮތްތަނުގައި ދަށްވުމަކީ އެކަށީގެންވާ ކަމެކެވެ. މި މުބާރާތުގެ ފޯރި ވައިގައި ހިފުމާއި އަދި ފޯރި ނެތި ދިއުންވަނީ މި ބުރުގެ ފަހު މެޗު ތަކުގައިވާ ގޮތަކުންނެވެ.
މިގޮތުން މި ބުރުގެ ފަހު މެޗުތަކުން މިހާރުވެސް ނޭވައި ހޮޅިއަށް އެޅިފައިވާ ދުނިޔޭގެ މަޝްޙޫރު ޓީމްތައް ކަޓައިގެން ގޮސްފިނަމަ މި މުބަރާތުގެ ފޯރި ނެތި ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
އެހެނީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ކޮންމެވެސް މަޝްހޫރު ޤައުމަކަށް ސޕޯރޓް ކުރަމުން އަންނަ މީހުންނެވެ. މިގޮތުން އެންމެފަހުގެ ޗެމްޕިއަން އިޓަލީ އާއި ޔޫރަޕްގެ ޗެމްޕިއަން ސްޕޭން އާއި ޖަރުމަން އަދި ފްރާންސް ފަދަ ނަން މަޝްހޫރު ޓީމްތައް މުބާރާރތުން ކަޓައިގެން ދިއުން ވެގެން ދާނީ މި ފަހަރު ފީފާ ވޯލްޑްކަޕް މުބާރާތުގެ ފޯރި ނެތި ދިއުން ކަމުގައެވެ.
މުބާރާތް ފެށުމުގެ ކުރިން މި މުބަރާތުން ވިދާލާނެ ކަމަށް ބެލެވުނު ކުޅުންތެރިންގެ ތެރެއިން އަދި މިހާތަނަށް ފާހަގަ ކޮށްލެވޭ ފަދަ ކުޅުމެއް ދައްކާފައިވާ ކަމަށް ގިނަ ބަޔަކު ޤަބޫލް ކުރަނީ އާޖެންޓީނާގެ މެސީ އާއި ޕޯޗްގަލްގެ ރޮނަލްޑޯއެވެ.
މިފަހަރުގެ މުބާރާތުގައި މިހާތަނަށް އަލަށް ވިދާލި ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަ ކުރެވެނީ މެކްސިކޯގެ 17 ނަމްބަރ ސަންތޯސް އެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ