الأحد، 20 يونيو 2010

ހަނދާނާއި ތާރީޙަށް މިއަހަރުގެ 9 ވަނަ މެޗު

ލިޔުނީ : މިހާސް










މިއަހަރުގެ ތެރޭގައި ލަންދޫގެ ޒުވާނުން ކުޅުނު އެކުވެރި ކަމުގެ 9 ވަނަ މެޗު ގައި 20 ޖޫން 2010 ވީ ހޮނިހިރު ދުވަހުގެ ހަވީރު ޅޮހީ ޓީމާއި ބައްދަލްކޮށް 4 ލަނޑު 0 ލަނޑުން ލަންދޫ ޓީމް ބަލިވެއްޖެއެވެ.














ލަންދޫ ޔޫތު އެންކަރޭޖިން ސޮސައިޓީ " ލިޔެސް " ގެ ނަމުގައި ލަންދޫ ޒުވާނުން ކުޅުނު މިމެޗުގެ ރެފްރީކަން ކޮށްދެއްވާފައި ވަނީ ނ.ލަންދޫ ސޯސަންގޭ އަލްފާޟިލް މޫސާ ޙުސެއިން ( މިހާސް ) އެވެ. މި މެޗުގެ ލައިސްމަންކަން ކޮށްފައިވަނީ ނ. ލަންދޫ ކާމިނީ ވިލާ އަލްފާޟިލް އަޙްމަދު ޝަކީލް އާއި ޅޮހީޓީމް ގެ ފަރާތުން މެމްބަރެކެވެ.










މި މެޗު ކުރިއަށްދާ ގޮތް އަޑުގަދަ ކުރާއިން ދުރަށް ފޮނުވުމަށްޓަކައި އިބްރާޙިމް މުއާޒް މޯޖް އާއި ވަސީމް ޢަބުދުއްރަޙްމާން ( ވައްޑެ ) އާއި މުހައްމަދު މުސާފުޅު ( ފުޅު ) އަދި ޝަހީމް އިބްރާޙިމް ( ބެއްރި ) ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައިވެއެވެ.









މި މެޗުގައި ލަންދޫ ޓީމްގެ ކެޕްޓަނެއްގެ ޒިންމާ އަދާކޮށް ފައިވަނީ ނ. ލަންދޫ ގުލަދަމުގޭ އަލްފާޟިލް ހުސްނީ ޢުމަރު ( ތަންބި ) އެވެ
ބަލާހިތްވާފަދަ ހިތްގައިމު މޮޅުކުޅުމެއް ޅޮހީ ޓީމްގެ ފަރާތުން ފެނުނު މިމެޗުގެ ރެފްރީ ވަނީ ޅޮހީ ޓީމްގެ ކުޅުންތެރިއަކަށް ރީދޫ ކާޑު ދައްކާފައެވެ.
މި މެޗުގައި ލަންދޫ ޓީމަށް ކުޅެފައިވާ އެންމެ ދުވަސްވީ ކުޅުންތެރިއަކީ މަޖުދުﷲ ޢަބުދުއްރައްޒާޤް (މަޖޫ ) އެވެ. އަދި އެންމެ ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައިވަނީ ޢަބުދުﷲ ނާޝިދު ( ނާއްޕެ ) އެވެ.
މި މެޗުގައި ލަންދޫ ޓީމުން ފާހަގަ ކޮށްލެވޭ ފަދަ ކުޅުމެއް އެއްވެސް ކުޅުންތެރިއެއްގެ ފަރާތުން ފެނިގެން ގޮސްފައެއް ނުވެއެވެ.
މި މެޗަށް ލަންދޫ އިން ނެރުނު ޓީމާއި އަދި އިތުރު ފޮޓޯތައް މި ލިޔުމާއި އެކު މިވަނީ އެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް