الجمعة، 18 يونيو 2010

ވޯލްޑްކަޕްގެ ފޯރި އާއި އެކު ޅޮއްސާއި ބައްދަލް ކުރަނީ

ލިޔުނީ : މިހާސް
ލަންދޫގެ ޒުވާނުން " ފީފާ ވޯލްޑް ކަޕް " ގެ ފޯރިއާއި އެކު މާދަމާ ޅޮއްސާއި އެކު އެކުވެރި ކަމުގެ ފުޓްބޯޅަ މެޗެއް ކުޅުމަށް ހަމަ ޖެހިއްޖެއެވެ.
ލަންދޫ ޓީމުން އެޓީމް މިހާރު ކުޅެމުން ގެންދާސިލްސިލާ ފުޓްބޯޅަ މެޗުތަކުގެ ތެރެއިން 9 ވަނަ މެޗުގައި ޅޮއްސާއި ދެކޮޅަށް ނުކުންނަ އިރު ޅޮއްސާއި ބައްދަލްކުރުމަށް ވަނީ ވަރަށް ގިނަފަހަރު މަސައްކަތް ކުރެވިފައެވެ.
މާދަމާ ރަށުޓީމުން ޅޮއްސާއި ދެކޮޅަށް ނިކުންނަ އިރު އެންމެފަހުން މިދިޔަ އަހަރު ޅޮއްސާއި ދެކޮޅަށް ރަށުޓީމް ކުޅުނު މެޗުންވަނީ ބަލިވެފައެވެ. އެމެޗުގައި ޅޮހީ ޓީމްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ހުނަރުވެރި ބަލާހިތްވާފަދަ މޮޅު ކުޅުމެކެވެ.
މިވަގުތު ލަންދޫގައިވެސް ނަން މަޝްޙޫރު ހުރިހާ ކުޅުންތެރިން ތިބުމާއި ، އަދި ފީފާ ވޯލްޑަކަޕްވެސް ކުރިއަށްދާ ދުވަސްވަރެއް ކަމުން މާދަމާ ލަންދޫ ދަނޑުގައި ޅޮއްސާއި ލަންދޫ ބަންދަލް ކުރާ މެޗަކީ ހުރިހާ ގޮތަކުންވެސް ބަލާހިްތްވާ ފަދަ ފުރިހަމަ މެޗަކަށް ވާނެކަމަށް އުއްމީދު ކުރެވެއެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް