الخميس، 17 يونيو 2010

ބުރެޒިލްގެ ސަޕޯރޓަރުން ޢާދަޔާ ޚިލާފްގޮތަކަށް މޯޖު ގަނެލައިފި

ލިޔުނީ : މިހާސް
މިހާރު ދެކުނު އެފްރިކާގައި ކުރިއަށްދާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ 32 ޓީމްގެ ތެރެއިން ލަންދޫގެ އެންމެ ގިނަ ރައްޔިތުން އެންމެ ބޮޑަށް ސަޕޯރޓްކުރާ ޓީމަކީ ދުނިޔޭގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ބްރެޒިލްގެ ޓީމެވެ.
މި މުބާރާތުގައި ބުރެޒިލް ކުޅުނު ފުރަތަމަ މެޗު ބެލުމަށް ޓަކައި ސްޓޭޖު ސަރަހައްދުގައި ތައްޔާރު ކުރެވިފައިވާ " ލިޔެސް ފިފާ ވޯލްޑް ކަޕް ޖަގަހަ " އަށް ހާޒިރުވި ބުރެޒިލްގެ ސަޕޯރޓަރުން ވަނީ ވަރަށް ބޮޑަށް ފޯރި ނަގާފައެވެ. އަދި އެރޭ މި މީހުން ވަނީ ބްރެޒިލް އާއި އިދިކޮޅަށް ސަޕޯރޓްކޮށް އަޑު އުފުލި ސަޕޯރޓަރެއް ކަމަށްވާއިބުރާޙިމް މިޢާޒް ( މޯޖު ) ވަރަށް ޢާދަޔާ ޚިލާފްގޮތަކަށް ގަނެލައިފައެވެ.
" ލަންދޫ ސޮކަރ . ޓީކޭ " އަށް މަޢުލޫމާތު ލިބިފައިވަ ގޮތުގައި ބުރޒިލްގެ ސަޕޯރޓަރުން މޯޖު ގަނެލައިފައިވަނީ " މައި ކޯލާ " ފުޅިއަކަށާއި " ކަޕް ނޫޑްލިސް " ތައްޓަކަށެވެ.
މިހާތަނަށް މި ބުލޮގަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިފަދަ ގޮތަކަށް ސަޕޯރޓަރަކު އެހެންޓީމަކަށް ހޯދި މިއީ އެންމެ ފުރަތަމަ ފަހަރެވެ. ޙަޤީގަތުގައި މޯޖް އަކީ މި މުބާރާތުގައި ސަޕޯރޓްކުރުމަށް ނިންމައިގެން ހުރި ހޮލެންޑް ޓީމަށް ސަޕޯރޓް ކުރުމަށް ޓަކައި ކަމާ ކަންފަށައިގެން މާފަރު ބޯޓުން ރަށަށް އައި ޒުވާނެކެވެ.
މިކަންތަކުގެ އިތުރުން މޯޖްވަނީ އެހެން ކަމެއްވެސް ކޮށްފައެވެ. އެއީ މިހާތަނަށް އޭނާ ސަޕޯރޓްކުރަމުން އައި އިގިރޭސި ވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކުލަބު ކަމުގައިވާ ޗެލްސީއަށް ސަޕޯރޓް ކުރުން ހުއްޓާލުމެވެ. މޯޖު މަޢުލޫމާތު ދިން ގޮތުގައި ޗެލްސީއަށް ސަޕޯރޓް ކުރުން ހުއްޓާލީ ޗެލްސީއަށް ކުޅެމުން ދިޔަ މޯޖް އާއި އެންމެ ވައްތަރު އަދި ފުޓްބޯޅަ ދަނޑުމަތީގައި މޯޖުއަށް ވަނަމަކުން އެކުޅުންތެރިއެއްގެ ނަމުން މުހާތަބު ކުރެވޭ ހުނަރުވެރި ކުޅުންތެރިޔާ އިގިރޭސި ވިލާތުގެ ޖޭ.ކޯލް ޗެލްސީ އިން އަންނަ ސީޒަނަށް ދޫކޮށްލަން ނިންމު މުންނެވެ.
ފުޓްބޯޅައަށް ތަރުޙީބު ދިނުމުގައި ޢާދަޔާ ޚިލާފް އަޑެއް ގެން ގުޅޭ މޯޖުގެ ފަރާތުން ފެންނަމުން މިދާ ކަންތައް ތަކުގެ ސަބަބުން ފަހަރެއްގައި ވޯލްޑް ކަޕްގައި ކުރިއަށް ހުރި މެޗުތަކުގައި އެހެން ޤައުމެއްގެ ސަޕޯރޓަރެއްގެ ގޮތުގައި ފެނުމަކީ މާދުރުގައިވާ ކަމެއް ނޫނެވެ.
މަޢުލޫމާތު ލިބޭގޮތުގައި މުބާރާތުގައި ސްޕެއިން ކުޅޭ ދެވަނަ މެޗަށް ބޮޑު ކޯކަކަށް މޯޖު ގަތުމަށް އެޓީމްގެ ސަޕޯރޓަރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް