މިފަހަރުގެ ޗެމްޕިއަނަކީ ޖާރމަން ނޫންބާ !!؟
ލިޔުނީ : މިހާސް
މިފަހަރުގެ ފީފާ ވޯލްޑްކަޕްގައި މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާލާއިރު އެންމެ މޮޅުކުޅުމެއް ފެނިގެން ގޮސްފައިވަނީ ޖާރމަންގެ ފަރާތުންނެވެ
ނިސްބަތުން އޮސްޓްރޭލިއާ އަކީ ބަލި ޓީމަކަށް ނުވާއިރު ، އެޓީމާއި ދެކޮޅަށް ޖާރމަންގެ ފަރާތުން ރޭގައިވަނީ ޢާދަޔާއި ޚިލާފް މޮޅުކުޅުމެއް ދައްކާފައެވެ.
ޓީމްގެ ޙަޤީގީ ކެޕްޓަން މައިކަލް ބަލަކް ނުލައި ކުޅުނު މެޗުގައި އެޓީމުން މޮޅުކުޅުމަކާއި އެކު 4 ގޯލް ކާމިޔާބު ކުރުމުން މިފަހަރުގެ ފެވަރިޓުންގެ ގޮތުގައި ޖާރމަން ބެލުމަށް މަޖުބޫރު ކުރުވައިފިއެވެ.
ދުނިޔޭގެ ޗެމްޕިއަން ކަންވެސް ހޯދާފައިވާ މި ޓީމްގެ ހުރިހާ ޑިޕާރޓް މަންޓެއްވެސް ފެނިގެންދަނީ ވަރަށް ވަރުގަދަ ގޮތަކަށެވެ. ޚާއްޞަކޮށް ފޯވާރޑް ލައިނުގައި ހަރަކާތް ތެރިވަމުން އަންނަ ކުުންތެރިންގެ ގުޅުމާއި ހަލުވިކަން ފާހަގަ ކޮށްލަން ޖެހެއެވެ.
ޖާރމަންގެ ސަޕޯރޓަރުން ރޭގެ ކާމިޔާބީއަށް އުފާ ފާޅުކުރަމުން އަންނަ އިރު އެހެންޓީމް ތަކުގެ ސަޕޯރޓަރުން ބުނަމުން އަންނަނީ ޖާރމަންގެ އަސްލު ކުޅުން ވަޒަންކޮށްލެވޭނީ ވަރުގަދަ ޓީމަކާއި ޖެހުމުން ކަމުގައެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ