މިރެޔަކީ އެންމެގިނަ ސަޕޯރޓްރުނގެ ސަޕޯރޓް ފެނިގެންދާ ރެއަށްވާނެ
ލިޔުނީ : މިހާސް
މިހާރު ދެކުނު އެފްރިކާގައި ފެށިގެން ކުރިއަށްދާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ވެގެންދާނީ ލަންދޫގެ ފަސްގަނޑުން އެންމެ ގިނަ ބަޔަކު އެއްޓީމަކަށް ސަޕޯރޓްކުރުމަށްޓަކައި ސްކްރީނެއްގެ ދޮށަށް އެއްވާ ރެޔަށެވެ.
ލަންދޫގެ ޒުވާން ފުޓްބޯޅަ ކުޅުންތެރިން ފީފާ ވޯލްޑަކަޕަށް ތައްޔާރުވަމުން އައިސްފައިވަނީ މިފަހަރުގެ ވޯލްޑް ކަޕަކީ ފޯރިގަދަ މަޖާ ވޯލްޑްކަޕަކަށް ހެދުމަށެވެ.
ނަމަވެސް އަދި މިހާތަނަށް މި ޒުވާނުންނަށްވަނީ ވޯލްޑްކަޕްގެ އަސްލު ފޯރި ދައްކާ ލެވޭގޮތް ނުވެފައެވެ. ސަބަބަކަށް ވެފައިވަނީ މިހާތަނަށް ޖަރުމަން ފިޔަވާ ފީފާ ވޯލްޑްކަޕްގެ ފެންވަރުގައި އަދި އެއްވެސް ޓީމަކަށް ކުޅެވިފައި ނުވާތީއެވެ.
މިރެޔަކީ މިރަށުގެ އެންމެ ގިނަބަޔަކު ސަޕޯރޓްކުރަމުން ގެންދާ ބުރެޒިލްގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވާ ރޭކަމުން މިރޭގެ މެޗު ބެލުމަށް " ލިޔެސް ފީފާވޯލްޑްކަޕް ޖަގަހަ " އަށް ހާޒިރުވާ މީހުންގެ ތެރޭގައި ވަރަށް ފޯރި ގަދަވާނެ ކަމަށް ބެލެވެއެވެ.
ބްރެޒިލް ޓީމަށް ސަޕޯރޓްކުރުމަށް ޓަކައި ބްރެޒިލްއަށް ސަޕޯރޓްކުރާ ބައެއްފަރާތްތަކުންވަނީ ކަމާ ކަންފަށައިގެން ރަށަށް އައިސްފައެވެ. މީގެ ތެރޭގައި މިފަދަ ކަންތައްތަކުގައި އެންމެ ފޯރި ނަގާ އެކަކު ކަމުގައިވާ މުޙައްމަދު ހަސަން ( ރަބޭ / ރަނގޫ ބައްޔަ ) ހިމެނެއެވެ.
ރަބޭ މަޢުލޫމާތު ދެއްވި ގޮތުގައި އަދި މިހާތަނަށް ސަޕޯރޓަރުންގެ ބަޔަކު ޓީމަކަށް ސަޕޯރޓް ނުކުރާ މިންވަރަށް މިރޭ ބްރެޒިލްއަށް ސަޕޯރޓް ކުރެވޭނެއެވެ.
މީގެ ކުރިން އާރޖެންޓީނާގެ ސަޕޯރޓްރުންވެސް މިހެން ބުނި ނަމަވެސް އާޖެންޓީނާގެ ސަޕޯރޓަރުންގެ ފަރާތުންވެސް ފާހަގަ ކޮށްލެވޭފަދަ ސަޕޯރޓެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ