ކީޕަރ ޓީމުން ބޭރު ކުރުމަށް ގޮވާލައިފި
ލިޔުނީ : މިހާސް
މިހާރު ދެކުނު އެފްރިކާގައި ކުރިއަށްދާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބަރާތުގައި ރޭ އެމެރިކާ އާއި ދެކޮޅަށް އިގިރޭސި ވިލާތް ކުޅުނު މެޗުގައި އިގިރޭސިވިލާތުގެ ގޯލްކީޕަރގެ ފަރުވާ ކުޑަކަމުން ބައިކޮޅަށް ވަތްގޯލާއި ގުޅިގެން މި މުބަރާތައްޓަކައި ދުރާލައި ތައްޔާރުވި ސަޕޯރޓަރުން އިގިރޭސި ޓީމްގެ ކީޕަރުގެ އިސްތިޢުފާއަށް ގޮވާލައިފިއެވެ.
ލަންދޫގައިތިބި ރޫނީ އަށްޓަކައި އިގިރޭސި ވިލާތައް ސަޕޯރޓްކުރާ ގިނަ ސަޕޯރޓަރުންތަކެއްވަނީ ރޫނީގެ ޕާރޓްނަރަކަށް އެރުވި ހެސްކީވެސް ބަދަލްކުރުމަށް ގޮވަލައިފައެވެ.
ފުޓްބޯޅަ އުފެއްދިކަމަށް ފަޙްރުވެރި ކަމާއި އެކު ބުނަމުންދާ އިގިރޭސީންނަށްވަނީ ފުޓްބޯޅައިގައި މާ މަޝްޙުރު ނޫން އެމެރިކާ އަތްދަށުވެ މެޗުން އެއްވަރު ވެފައެވެ.
ރޭގެ މެޗުގެ ނަތީޖާ ނިކުން ގޮތުން މިރަށުގައި ތިބި އިގިރޭސި ސަޕޯރޓަރުން މިހާރު ތިބީ މަޔޫސް ކަމެއްގެ ތެރޭގައެވެ.
0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ