މިރެއަކީ ބޮޑުރެއެއް
ލިޔުނީ : މިހާސް
ފީފާވޯލްޑްކަޕް ގައި މިރެއަކީ ލަންދޫގެ ސަޕޯރޓަރުންނަށް ބޮޑު ރެއެކެވެ. މި މުބާރާތުގައި ލަންދޫއިން އެންމެ ބޮޑަށް ފޯރިނަގާނެ ކަމަށް ބެލެވެނީ އާޖެންޓީނާ ސަޕޯރޓަރުން ކަމަށްވާއިރު މިރޭ ނައިޖީރިއާ އާއި ދެކޮޅަށް އާޖެންޓީނާ ނިކުންނަ މެޗަށް ރަށުގައި ތިބި އާޖެންޓީނާގެ ސަޕޯޓަރުން އަންނަނީ ވަރަށް ފުރިހަމައަށް ތައްޔަރު ވަމުންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިޓީމްގެ ސަޕޯރަޓަރުންނަށް މިހާރުވަނީ މިއަދުގެ 5:00 އަށް ވަކި ގެއެއްދޮށަށް ހާޒިރުވުމަށް އެންގިފައެވެ. މިގޭ ދޮށުން މިޓީމްގެ ސަޕޯރޓަރުން " ލިޔެސް ފީފާ ވޯލްޑްކަޕް ޖަގަހަ " އަށް ދިއުމަށް ހަމަޖެހިފައިވަނީ އާޖެންޓީނާގެ ރަސްމީ ޖާރޒީގައި އާޖެންޓީނާގެ ދިދަ އާއި އެކުގައެވެ.
މިއީ މިހާތަނަށް މިޖަގަހައަށް ސަޕޯރޓަރުންތަކެއް މިގޮތައްދާ ފުރަތަމަ ފަހަރެވެ. މިޓީމްގެ ސަޕޯރޓަރުން ނިންމަފައިވަނީ މޫނުގައި ކުރަހަ ފުއްޕާހަމާއި ބެރު ދުންމަރި ތާޅަފިލިވެސް ގެންދަ ގޮތަށެވެ.
މިރޭ އެންމެފަހުން ކުޅެން ހަމަޖެހިފައިވަ މެޗަކީވެސް މިރަށުގެ ބައެއް ސަޕޯރޓަރުންނަށް ވަރަށް ޙާއްޞަ މެޗެކެވެ. ޙާއްޞަކޮށް ރޫނީ އަށް ސަޕޯރޓްކުރުމުގެ ގޮތުން އިންގްލޭންޑް އަށް ސަޕޯރޓްކުރާ ފަރާތް ތަކަށެވެ.
އިންގްލޭންޑްގެ ސަޕޯރޓަރުންވެސް މިރޭ ވަރަށް ފޯރި ނަގާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ