މަރުޙަބާ ސިންނޭ އަދި ޖަވާ
ލިޔުނީ : މިހާސް
ލަންދޫގައި އަރަމުން އަންނަ ޒުވާން ކޫޅުންތެރިޔާ ޝިނާން ޢަބުދުލް ޣަނީ ( ސިންނޭ ) އާއި ވޭތުވެދިޔަ އަހަރުގެ އެންމެ މޮޅުފުޓްބޯޅަ ކުޅުންތެރިޔާއަށް ނޮމިނޭޓް ވެފައިވާ ހުސެން ޖަވާދު ( ޖަވާ ) ގެ އަލަތު ކައިވެނީގެ މުނާ ޞަބަތުގައި މި ބްލޮގްގެ ކިޔުންތެރިންނާއި ، ބެލުންތެރިންނާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް ހޫނު މަރުޙަބާ އަކާއި މުބާރިކުބާދީ އެއް ރައްދު ކުރަމެވެ.
މި ބްލޮގްގެ ފަރާތުން އުއްމީދުކުރަނީ ޒުވާން މި ދެކުޅުންތެރިންގެ ޒަވާޖީ ހަޔާތައްފަހު މިހާރަށް ވުރެވެސް ބޮޑަށް ފުޓްބޯޅައިގެ ހުނަރު އިތުރުވެ ކުރިއަރައިގެން ދާނެ ކަމަށެވެ. އަދި ހަމަ އެހެންމެ ފުޓްބޯޅައިގެ ރޮގުން ކުރިއަށް ދިއުމަށް އިތުރަށް މަސައްކަތް ކުރާނެ ކަމަށެވެ.
ޖަވާ އަށާއި ޝިންނޭ އަށް އަޅުގަނޑުމެން އެދެނީ އުފާވެރިކަމާއި ބާއްޖަވެރި ކަމެވެ. ދެކުޅުންތެރިންނަށްވެސް ލިބުނު ހަޔާތުގެ ބައިވެރިންނާއި އެކު ހިތްހަމަ ޖެހުމާއި އެކު އުޅުމުގެ ހެޔޮތަޢުފީޤް މާތްﷲ ސުބުޙަނަހޫ ވަތަޢާލަ މިންވަރު ކުރެއްވުމެވެ.
0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ