الخميس، 10 يونيو 2010

މި ހަފްތާގެ މެޗު ކެންސަލް

ލިޔުނީ : މިހާސް










ލަންދޫގައި މިހާރު ކުރިއަށްދާ ސިލްސިލާ ފުޓްބޯޅަ މެޗުތަކުގެ ތެރެއިން މިހަފްތާގައި ޅޮއްސާ އެކު ކުޅެން ހަމަޖެހިފައިވާ މެޗު ވިއްސާރަ ވުމާއި އަދި ވޯލްޑްކަޕްގެ މެޗު ފެށެންވާއިރަށް ވާންޖެހޭ ބައެއް ތައްޔާރީތައް ހުރުމާއި އެކު ކެންސަލް ކުރެވިއްޖެއެވެ.
މިހާތަނަށް އެކުވެރިކަމުގެ 8 މެޗު ކުޅެވިފައި ވާއިރު ލަންދޫ ޓީމްވަނީ 5 މެޗުން މޮޅުވެ 3 މެޗުން ބަލިވެ 22 ގޯލްޖަހާ 16 ގޯލް ބައިކޮޅަށް ވަދެފައެވެ.
މާދަމާރޭ ފީފާ ވޯލްޑްކަޕް ފެށޭތީވެ މިހާހިސާބުން އެކުވެރިކަމުގެ ސިލްސިލާ މެޗުތައް މެދުކަނޑާލުމަށްފަހު އަލުން މިސިލްސިލާގެ މެޗުތައް ފެށޭނީ ޅޮހީގެ މެޗުންނެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް