މިފަހަރު އެންމެ ފޯރި ނަގާނީ އާޖެންޓީނާގެ ސަޕޯރޓަރުން
ލިޔުނީ : މިހާސް
މާދަމާރޭ ފެށުމަށް ހަމަ ޖެހިފައިވާ ފީފަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރި ވެފައިވާ ޓީމްތަކަށް ސަޕޯރޓް ކުރާ މީހުންގެ ތެރެއިން މިރަށުގައި އެންމެ ބޮޑަށް ފޯރި ނަގާނެ ކަމަށް ބެލެވެނީ އާޖެންޓީނާގެ ސަޕޯރޓަރުންނެވެ.
ލަންދޫގައި ދެވަނައަށް އެންމެގިނަ ސަޕޯރޓަރުންވެސް ތިބީ އާރޖެންޓީނާ ޓީމްގެއެވެ. މިޓީމްގެ ސަޕޯރޓަރުންގެ ތެރެއިން ނަގާކިޔަން ހުރީ މިފަދަ ކޮށްމެ ހަރަކާތެއްގައި ދެވަނައެއް ނެތް ސަޢީދު އިބްރާހިމް ( ސައިއްޓޭ / ޖާފަރު ސައީދު ) އެެވެ. ސަޢީދުގެ އިސްނެގުމުގެ މަތިން މި ޓީމްގެސަޕޯރޓަރުން ވަނީ ސަޕްރައިޒްއެއް ދޭނަމޭބުނެ ގޮތްނޭގޭ އެއްޗެހިތަކެއްވެސް ތައްޔާރު ކޮށްފައެވެ.
ސައިއްޓޭ މި ބްލޮގަށް މަޢުލޫމަތު ދިން ގޮތުގައި އާޖެންޓީނަ ކުޅޭ ރޭރޭ ކުޅިބަލާ މާލަމްގައި ޙާއްޞަ ހަރަކާތްތަކެއް ހިންގޭނެއެވެ އަދި މެޗަކުން އާޖެންޓީނާ މޮޅުވެއްޖެ ނަމަ ޕިކަޕް ބުރުޖެހުން ފަދަ އެތައް އެތައް ކަމެއް ރޭވިފައި ވެއެވެ.
އާޖެންޓީނާގެ ސަޕޯރޓަރުންގެ އިތުރުން ލަންދޫގައި އެންމެގިަނަ ބަޔަކު ސަޕޯރޓް ކުރަމުން ގެންދާ ބްރެޒިލްގެ ސަޕޯރޓަރުންވެސް އަންނަނީ ސަޕޯރޓް ކުރުމުގައި ޙާއްޞަ ގޮތްތަކެއް ގެން ގުޅޭނެ ކަމަށް ބުނަމުންނެވެ. މިކަންތައްތައް އެގިގެންދާނީ މުބާރާތް ފެށުނީމައެވެ.
0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ