ޅޮހީ މެޗު ކިހިނެތް ވާނެބާ !!؟
ލިޔުނީ : މިހާސް
ލަންދޫގައި މިހާރު ކުރިއަށްދާ އެކުވެރި ކަމުގެ ސިލްސިލާ ފުޓްބޯޅަ މެޗުތަކުގެ ތެރެއިން 9 ވަނަ މެޗުގައި މިހަފްތާގައި ޅޮއްސާއި ބައްދަލް ކުރުމަށް ހަމަޖެހިފައިވާ އިރު މި މެޗު ކިހިނެތް ވާނެބާއެވެ.
ޅޮއްސަކީ މިއަދު ފުޓްބޯޅައިގައި ގިނަ ގުނަ ކާމިޔާބީ ތަކެއް ހޯދަމުން އަންނަ ރަނގަޅު ޓީމަކަށްވާއިރު މިވަގުތު ޅޮހީގައި ތިބި އެންމެ ރަނގަޅު ހުރިހާ ކުޅުންތެރިންވެސް ތިބީ ޅޮހީގައެވެ. މިހެންކަމުން ޅޮހީޓިމް މިފަހަރުވެސް ލަންދޫ އަށް އަންނާނީ އެމީހުންގެ ފުލްޕަވަރުގައި އެންމެ ވަރުގަދަ ޓީމާއި އެކުގައެވެ.
ޅޮހީ ޓީމް ފާހަގަ ކުރެވިފައިވަނީ ފިޒިކަލީ ގޮތުން ވަރުގަދަ، އެންމެފަހުވަގުތާއި ހިސާބަށް ވަރަށް ހިތްވަރުކުރާ ހުނަރުވެރި އެތައްކުޅުން ތެރިންތަކެއް ހިމެނޭ ޓީމެއްގެ ގޮތުގައެވެ.
މިހެން ކަމާއި އެކު ލަންދޫ އިން މިފަހަރު ޅޮއްސާއި ދެކޮޅަށް ނިކުންނަ އިރު އެންމެފަހުން ކުޑަފުނަ ފަރާއި ދެކޮޅަށް ކުޅުނު އިރު ހެދިފައިވާ މިސްޓޭކްތައް ރަނގަޅުކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެއް ކަމުގައި ދެކެމެވެ.
މިގޮތުން ދަނޑުމަތީގައި ތިބޭ އިރު ޓީމްގެ ތެރޭގައި އޮންނަން ޖެހޭ ގުޅުން އެންމެފަހު ވަގުތާއި ހިސާބަށް ބޭއްވޭތޯ ބަލަން ޖެހެއެވެ. ޓީމް މިބަލިވެގެންދާ ވަގުތު ޓީމަށް ހިތްވަރުދީ ޓީމް އެކަތި ގަޑަކަށް ހަނދާނެ މީހަކު ހުންނަން އެބަޖެހެއެވެ. އަދި ހަމަ އެހެންމެ ބައެއްގެ އަގުހުރި ވަގުތު ތަކެއް ދުއްވާލައިގެން ޓީމް ރޭވުމަށް ބާއްވާ ބައްދަލް ވުމުގައި ނިންމާގޮތައް ދަނޑުމައްޗަށް ކުޅުންތެރިން އެރުވުމަށްވެސް އިސްކަން ދޭން ޖެހެއެވެ. ނޫނިއްޔާ މިހާރެކޭ އެއްގޮތައް ގާތްތިމާގެ މީހުންނަށާއި ގާތް އެކުވެރިންނަށް ފުރުޞަތު ދެނިއްޔޭ ބުނަން ޖާގަލިބި ޤަވާޢިދުން ކުޅެންގޮސް ރަނގަޅު ކުޅުމެއް ދައްކަމުންދާ އުއްމީދީ ކުޅުންތެރިންގެ ހިތްވަރު އެލިދާނެއެވެ.
ޅޮއްސަކީ ޅޮހިކަމަށް ނުދެކެ ޅޮއްސާއި ދެކޮޅަށް ނިކުމެއްޖެނަމަ ކުޑަފުނަފަރު މެޗުގައި ދިމާވިފަދަ ހިތާމަވެރި ގޮތެއް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.
0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ