الثلاثاء، 8 يونيو 2010

މިހަފްތާގައި ޅޮހި


ލިޔުނީ މިހާސް

މިހާރު ލަންދޫގެ ފުޓްބޯޅަކުޅުންތެރިން ފަށައިގެން ކުރިއަށް ގެންދާ އެކުވެރި ކަމުގެ ސިލްސިލާގެ ފުޓްބޯޅަ މެޗްތަކުގެ ތެރެއިން މިހަފްތާގައި ޅޮއްސާއި ބައްދަލް ކުރާގޮތައް ހަމަ ޖެހިއްޖެއެވެ.
ޅޮހީޓީމްގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅާ މަޢުލޫމާތު ދެއްވި ގޮތުގައި މި މެޗު ކުޅުމަށް ޓަކައި އެޓީމް ލަންދޫ އަށް އަންނާނީ ހޮނިހިރުު ދުވަހުއެވެ.
މިހާތަނަން ލަންދޫގެ ޒުވާނުން އެކުވެރިކަމުގެ 8 މެޗު ކުޅެފައިވާ އިރު 3 މެޗުން ބަލިވެ 5 މެޗުން މޮޅުވެފައި ވެއެވެ.
ލަންދޫ ޓީމުން މިހާތަނަށް ޖުމުލަ 22 ގޯލް ޖަހާފައިވާ އިރު ބައިކޮޅަށް 16 ގޯލް ވަދެފައިވެއެވެ. އެންމެފަހުން ކުޅެވުނު އެކުވެރި ކަމުގެ މެޗުން ކުޑަފުނަފަރު އަތުން ރަށުޓީމްވަނީ 3 ލަނޑު 1 ލަނޑުން ބަލިވެފައެވެ. އެމެޗުން ބަލިވި އިރު ރަށުޓީމްގެމުޙިއްމު ކުޅުންތެރިން ތަކަކަށް އެމެޗުގައި ނުކުޅެވޭކަން ފާހަގަ ކޮށްލަން ޖެހެއެވެ.
ލަންދޫ ގައި މިވަގުތު އޮތް ހަމަ އެކަނި މަދަނީ ޖަމްޢިއްޔާ ކަމުގައިވާ " ލިޔެސް " އިން މިދިޔައަހަރުގެ އަތޮޅު ފުޓްބޯޅަ މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ޅޮއްސާއި އެކު ރަށުގައި ކުޅުނު އެކުވެރި ކަމުގެ މެޗުން މޮޅުވެފައިވަނީ ޅޮހީ ޓީމެވެ.
މިފަހަކަށް އައިސް މި ކުޅެވޭ ހުރިހާ މެޗެއްވެސް ކުޅެވެމުންދަނީ ލަންދޫގައި މިވަގުތު އޮތް ހަމަ އެކަނި މަދަނީ ޖަމްޢިއްޔާ ކަމުގައިވާ " ލިޔެސް " ގެ އިސްނެގުމާއި ބައިވެރި ވުމާއި އެކު " ލިޔެސް " ގެ ނަމުގައެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް