ކުށެއްގެ އިސްލާޙް
ލިޔުނީ : މިހާސް
ރަންބޫޓް - ވާދަވެރިކަން ވަރަށް ބޮޑު " މި ސުރުހީގެ ދަށުން 4 ޖޫން 2010 ވީ ހުކުރު ދުވަހު ލިޔެފައިވާ ލިޔުމުގައި މިހާތަނަށް 3 ގޯލް ޖަހަފައިވާ ކުޅުންތެރިންގެ ގޮތުގައި 2 ކުޅުންތެރިއެއް ހިމެނިފައި އެވަނީ އޮޅުމަކުންނެވެ. ރަނގަޅުގޮތަކީ މިހާތަނަށް މިއަހަރު އެކުވެރި ކަމުގެ 8 މެޗު ކުޅެގެން 3 ލަނޑު ޖަހައިގެން ރަންބޫޓަށް ވާދަކުރާ ރޭހުގެ އެންމެ ކުރީގައި 3 ކުޅުންތެރިއަކު އުޅޭކަމެވެ.
މި ކުޅުންތެރިންނަކީ ޔޫސުފް ޢަބުދުއްރަޙީމް ( ޔޫއްޓޭ ) އާއި ހުސެން ޖަވާދު ( ޖަވާ ) ގެ އިތުރުން ހުނަރުވެރި ފޯވާޑް އަހްމަދު ރަޝީދު ( ލައިބް ) އެވެ.
މި ތިންކުޅުންތެރިންގެ ތެރެއިން ޔޫސުފް ޢަބުދުއްރަޙީމް ( ޔޫއްޓެ ) 3 ލަންޑު ޖަހާފައިވަނީ މާޅެންދޫ ކޮޅަށް 1 ލަނޑު ، ކެނދިކޮޅު ކޮޅަށް 1 ލަނޑު އަދި ކުޑަފަރިކޮޅަށް 1 ލަނޑެވެ.
ހުސެން ޖަވާދު ( ޖަވާ ) 3 ލަނޑު ޖަހާފައިވަނީ ހެނބަދޫ ކޮޅަށް 1 ލަނޑު، ކެނދިކޮޅު ކޮޅަށް 1 ލަނޑު އަދި މާފަރު ކޮޅަށް 1 ލަނޑެވެ
.
އަޙްމަދު ރަޝީދު ( ލައިބު ) 3 ލަނޑު ޖަހާފައިވަނީ އުގޫފާރު ޕޮލިސް ކޮޅަށް 1 ލަނޑު ، ކެނދިކޮޅު ކޮޅަށް 1 ލަނޑު އަދި މިލަދޫ ކޮޅަށް އެއްލަނޑެވެ.
މީގެ އިތުރުން 2 ލަނޑު ޖަހަފައިވާ ކުޅުންތެރިންނަކީ ޒަހީނު ހަސަން ( ޒަންޑަ ) އާއި ޢަބުދުﷲ ނާޝިދު ( ނާއްޕެ ) އެވެ.
އެއްލަނޑު ޖަހައިގެން ރަންބޫޓަށް މަސައްކަތް ކުރާ ކުޅުންތެރިންނަކީ ޝިނާން ޢަބުދުލް ޤަނީ ( ސިންނޭ ) އާއި، ނަޢުޝާދު ޢަބުދުއްރަހީމް ( ނާގޭ ) އާއި ޢަބުދުﷲ ޝިޔާމް ( ސީޓޭ ) އާއި ޢަބުދުﷲ އަކުރަމް ( އައްކު ) އާއި މުޙައްމަދު ނަސީމް ( ޓިން ) އާއި އަހްމަދު ޝަކީލް ( ސައްކޭ ) އާއި މަޖުދުﷲ ޢަބުުދުއްރައްޒާޤް ( މަޖޫ ) އާއި މުޙައްމަދު އިރުޝާދު ( ރެޑޭ ) އާއި އަދި ހުސްނީ ޢުމަރު ( ތަންބި ) އެވެ.
މިހާތަނަށް ކުޅެވުނު 8 މެޗަށް ބަލާއިރު ރަށުޓީމުން 22 ގޯލް ޖަހާފައިވާ އިރު ރަށު ޓީމްގެ ކޮޅަށް 16 ގޯލް ވަދެފައި ވެއެވެ.
މިހާތަނަށް ރަންބޫޓަށް ވާދަކުރާ ކުޅުންތެރިންގެ އެންމެ ކުރީގައި ހިމަނަންޖެހޭ އަހްމަދު ރަޝީދު ( ލައިބު ) ނަން ނުހިމަނާ އެލިޔުން ލިޔެވުނު ކަމަށް ޓަކައި ހުރިހާ ކިޔުންތެރިންނާއި އަދި ޚާއްޞަކޮށް ލައިބުގެ ކިބައިން ވަރަށް ބޮޑަށް މާފަށް އެދެމެވެ.


0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ