ހަނދާނާއި ތާރީޙަށް މިއަހަރުގެ 8 ވަނަ މެޗު
ލިޔުނީ : މިހާސް
މިއަހަރުގެ ތެރޭގައި ލަންދޫގެ ޒުވާނުން ކުޅުނު އެކުވެރި ކަމުގެ 8 ވަނަ މެޗު ގައި 5 ޖޫން 2010 ވީ ހޮނިހިރު ދުވަހުގެ ހަވީރު ކުޑަފުނަފަރު ޓީމާއި އެކު ކުޅެ 3 ލަނޑު 1 ލަނޑުން ލަންދޫ ޒުވާނުންގެ ޓީމް ބަލިވެއްޖެއެވެ.
ލަންދޫ ޔޫތު އެންކަރޭޖިން ސޮސައިޓީ " ލިޔެސް " ގެ ނަމުގައި ލަންދޫ ޒުވާނުން ކުޅުނު މިމެޗުގެ ރެފްރީކަން ކޮށްދެއްވާފައި ވަނީ ނ.ލަންދޫ މުސްތަރީގޭ އަލްފާޟިލް ޢަހްމަދު މުޙައްމަދު ( ޕަޓޭ ) އެވެ. މި މެޗުގެ ލައިސްމަންކަން ކޮށްފައިވަނީ ނ. ލަންދޫ ފަޒާ އަލްފާޟިލް ޢަބުދުލް މުޙައިމިނު ޢުމަރު ( މޯހަން ) އާއި ނ. ލަންދޫ ކެރެޓް އަލްފާޟިލް ހަސަން ނިޝާން ( ދަޅު ) އެވެ.
މި މެޗުގައި " ލިޔެސް " ޓީމްގެ ހަމަ އެކަނި ލަނޑު ޖަހާއިދީފައިވަނީ އިތުބާރު ޑިފެންޑަރ ހުސްނީ ޢުމަރު ( ތަންބި ) އެވެ. " ލިޔެސް " ގެ ޓީމަކަށް ތަންބި ޖަހައިދިން ފުރަތަމަ ލަނޑު ތަންބި ޖަހައިދީ ފައިވަނީ މެޗުގެ ފަހުހާފްގެ 3 ވަނަ މިނިޓްގައެވެ.
މި މެޗުގައި " ލިޔެސް " ޓީމްގެ ކެޕްޓަނެއްގެ ޒިންމާ އަދާކޮށް ފައިވަނީ ނ. ލަންދޫ ވިނަރެސް އަލްފާޟިލް ޢަބުދުﷲ ނާޝިދު ( ނާއްޕެ ) އެވެ.
މިމެޗުގެ ރެފްރީ އެއްވެސް ކުޅުންތެރިއަކަށް ކާޑެއް ދައްކާފައި ނުވިނަމަވެސް ރެފްރީގެ ނިންމުންތަކާއި ދެކޮޅަށް ދަނޑުމަތީގައި ކުޅުންތެރިންނާއި ދަނޑުން ބޭރުގައި ސަޕޯރޓަރުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުމުގެ ޝްޢޫރުތައް ފާޅުކޮށްފައި ވެއެވެ.
މި މެޗުގައި ލަންދޫ ޓީމަށް ކުޅެފައިވާ އެންމެ ދުވަސްވީ ކުޅުންތެރިއަކީ މި މެޗުގެ ފަހުހާފްގައި ކުޅެން ނިކުތް ޒަހީން ހަސަނެވެ. އަދި އެންމެ ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައިވަނީ އަރަމުން އަންނަ ޒުވާން ކުޅުންތެރިޔާ މުޙައްމަދު ސަމާޙް ( ސަމައްޓޭ ) އެވެ.
މި މެޗުގައި ލަންދޫ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ މި ބްލޮގުން ހޮވި މި މެޗުގެ މޭން އޮފްދަމެޗަކަށް ހޮވުނު މަޝްޙޫރު ހުނަރުވެރި އިތުބާރު ޑިފެންޑަރ ހުސްނީ ޢުމަރު ( ތަންބި ) އާއި ، މިވަގުތު ވަރަށް ރަނގަޅު ފޯމެއްގައި ހުރި މަޝްޙޫރު ހުނަރުވެރި ކުޅުންތެރިޔާ ޔޫސުފް ޢަބުދުއްރަޙީމް ( ޔޫއްޓޭ ) އާއި ފޯމުން ގެއްލި ހުރުމަށްފަހު މިހާރު ފޯމަކަށް އެޅެމުން އަންނަ ހުނަރުވެރި ފޯވާރޑް އަޙްމަދު ރަޝީދު ( ލައިބް ) އެވެ.
ލަންދޫ ޒުވާނުންގެ " ލިޔެސް " ޓީމުން ކުޅެން ނިކުތް ކުޅުންތެރިންނާއި އަދި މި މެޗާއި ގުޅޭ ބައެއް ފޮޓޯތައް މި ލިޔުމާއި އެކު ހުށައަޅާލަމެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ