الأربعاء، 2 يونيو 2010

ލަންދޫ ޢަލީ ޢުމަރު - ޖޯރޭ

ލިޔުނީ : މިހާސް


















ލަންދޫގެ ދަނޑުމަތީގައި ޕްރެކްޓިސް މެޗުތަކުގައި ލަނޑުޖެހުމަށްފަހު އެކަންތައް ފާހަގަ ކުރާ ހަމައެކަނި ކުޅުންތެރިއަކީ ލަންދޫ ޢަލީ ޢުމަރުގެ ނަމުން މަޝްހޫރުކަން ހޯދަމުން އަންނަ ނ. ލަންދޫ ހީނަވިލާ އަލްފާޟިލް ހަސަން ޖާވިދު ( ޖޯރޭ ) އެވެ.
މިލަދޫ ޑީ . އެކްސް އަށް ސަޕޯރޓް ކުރުމަށް އާދަވެފައިވާ ޖޯރޭއަކީ ދަނޑުމަތީގައި ހަމަ އެކަނި އެއްމަޤާމަކަށް ކުޅުމަށް ފިޓްވެފައިވާ ކުޅުންތެރިންގެ ތެރެއިން ފާހަގަ ކޮށްލެވޭ ކުޅުންތެރިއެކެވެ.
ދަނޑުމަތީގެ އެއްއަރި މައްޗަށް ކުރިއަށް ކުޅެމުން އަންނަ ޖޯރޭއަކީ މިފަހަކާއި ޖެހެންދެން ބޫޓަށް އެރުމުގައި އަމިއްލަގޮތްތަކެއް ގެންގުޅެމުން އަންނަ ކުޅުންތެރިއެއްވެސް މެއެވެ. މިފަހަކާއި ޖެހެންދެން ބޫޓާއި އިސްޓަކީނު ކުލައެއްގެ ގޮތުގައި ޖޯރޭ ޚިޔާރުކޮށްފައިވަނީ މުޅިންވެސް ހުދު ކުލައެވެ.
ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އުމަރު ކޮޕީކުރުމަށް މަސައްކަތް ކުރާ ޖޯރޭ ފަހަގަ ކުރެވެނީ ދަނޑުމަރީގައި ޗަރުކޭސް ދެއްކުމަށް ވަރަށް މަސައްކަތް ކުރާ ކުޅުންތެރި އެއްގެ ގޮތުގައެވެ.
ޖޯރޭ އަކީ ރަށުން ބޭރުގައި މަސައްކަތް ކުރަމުން ލިބޭ ކުޑަ ޗުއްޓީގައި ރަށަށް އައިސް ކުޅެންދާން އާދަވެފައިވާ މަދު ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއެކެވެ.
ބައެއްދުވަސްވަރަކަށް ވަރަށް ރަނގަޅަށް ކުޅެމުން އަންނަ ޖޯރޭގެ އަސްލުކުޅުން ފެނިގެންދަނީ އޭނާގެ ދެ ޕާރޓްނަރުން ކަމުގައިވާ ބޮޑު އާތީ އަޢި އަދި ވައްޑެ އާއި އެކު ކުޅޭއިރުއެވެ.
ޕްރެކްޓިސް މެޗުތަކުގައި ލަނޑުޖެހުމަށްފަހު އެކަންތައް ފާހަގަ ކުރާއިރު ޖޯރޭ އާއި އެކު އެކަމުގައި ބައިވެރިވާނެ އެހެންފަރާތެއް ވެއްޖެ ކަމަށްވާނަމަ ޖޯރޭ / ލަންދޫ ޢަލީ ޢުމަރުގެ ޙަޤީގީ ސިފަ ފެނިގެން ދާނެއެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް