الثلاثاء، 1 يونيو 2010

ލަންދޫ " ލިޔެސް " ބައިވެރި ނުވާގޮތައް ނިންމައިފި

ލިޔުނީ : މިހާސް











މިމަހު 15 ގައި ޅ. ހިންނަވަރުގައި ފެށުމަށް ހަމަޖެހިފައިވާ " ޕާމް ބީޗް ސޮކަރ ކަޕް 2010 " ފުޓްބޯޅަ މުބާރާތުގައި ލަންދޫގެ " ލިޔެސް " އިން ބައިވެރި ނުވާގޮތައް އެ ޖަމްޢިއްޔާއިން ނިންމައިފިއެވެ.
މިއަދު މި މުބާރާތުގައި ބައިވެރި ވުމަށް " ލިޔެސް " އަށް ލިބުނު ދަޢުވަތަކާއި ގުޅިގެން މި މުބާރާތުގައި ބައިވެރި ވުމާއި ނުވުމާއި ގޫޅޭގޮތުން ގޮތެއް ނިންމާފައިވަނީ މިއަދު ހަވީރު ކުޅެން ދިޔަ ކުޅުންތެރިންގެ މަޝްވަރާއާއި އެކު ކުޅުންތެރިންގެ މެދުގައި ނެގުނު ވޯޓަކުންނެވެ.
ގިނަ ކުޅުންތެރިންނަށް މި މުބާރާތުގައި ބައިވެރިވުމަށް ނުފެނުނީ މި މުބާރާތް އޮންނަ ދުވަސްވަރުން ކަމަށް ގިނަ ކުޅުންތެރިން ފާހަގަ ކުރިއެވެ.
ގިނަ ކުޅުންތެރިން ފާހަގަ ކުރާގޮތުގައި މި މުބާރާތް ރޭވިފައިމިވަނީ އެއްވެސް ދުވަސްވަރަކުން ދުވަސްވަރަކަށް ނުވާކަހަލަ ގޮތަކަށެވެ.
މި މުބާރާތުގައި ބައިވެރި ނުވުމަށް ލަންދޫގެ ފުޓްބޯޅަ ކުޅުންތެރިން ނިންމި އިރު މިކުޅުންތެރިން އަންނަނީ އެކުވެރި ކަމުގެ ސިލްސިލާ ފުޓްބޯޅަ މެޗުތަކެއް ކޮންެމެ ހަފްތާ ބަންދެއްގައި ކުޅެމުންނެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް