الثلاثاء، 1 يونيو 2010

ލަންދޫގައި އެންމެ ގިނައީ ބުރެޒިލްގެ ސަޕޯރޓަރުން

ލިޔުނީ : މިހާސް












މިމަހުގެ 11 ގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕާއި ގުޅޭގޮތުން " ލަންދޫ ސޮކަރ. ޓީކޭ " ގެ ފަރާތުން ލަންދޫގައި ކުރެވުނު ސާރވޭ އަކުން ދެއްކި ގޮތުގައި ލަންދޫގައި ފުޓްބޯޅައަށް ލޯބިކުރާ ފާރާތްތަކުގެ ތެރެއިން އެންމެ ގިނަބަޔަކު ސަޕޯރޓް ކުރަނީ " ވޯލްޑް ކަޕް " އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވާ މަޝްހޫރު ބުރެޒިލް އަށެވެ.
މި ސާވޭ އާއި ގުޅިގެން މި ބްލޮގުގެ ފަރާތުން ބައްދަލް ކުރި 50 ފަރާތުގެ ތެރެއިން 31 މީހުން ބުނެފައިވަނީ އެމީހުން ސަޕޯރޓް ކުރާ ޓިމަކީ ބުރެޒިލް ކަމުގައެވެ. ދެން އެންމެ ގިނަ މީހުން ބުނެފައިވަނީ އެމީހުން ސަޕޯރޓް ކުރާ ޓީމަކީ އާޖެންޓީނާ ކަމުގައެވެ. އާޖެންޓީނާއަށް ސަޕޯރޓްކުރާކަމަށް ބުނެފައިވަނީ 8 ފަރާތަކުންނެވެ.
މިސާވޭ ދައްކާގޮތުން 3 ވަނައަށް އެންމެގިނަ ސަޕޯރޓަރުން ތިބީ ސްޕޭނުގެއެވެ. 5 ފަރާތަކުން ސްޕޭންއަށް ސަޕޯރޓްކުރާ ކަމަށް ބުނި އިރު 4 ފަރާތަކުން އިގިރޭސި ވިލާތައް ސަޕޯރޓް ކުރާކަމަށް ބުނެފައިވެއެވެ. އަދި 2 ފަރާތަކުން އެންމެފަހުގެ ޗެމްޕިއަން އިޓަލީއަށް ސަޕޯރޓްކުރާ ކަމަށް ބުނެފައިވެއެވެ.
މި ބްލޮގަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރަށުގައި ވޯލްޑްކަޕްގެ ފޯރި ގަދަ ކުރުމުގެ ގޮތުން ވޯލްޑްކަޕާއި ގުޅޭގޮތައް ސްޓޭޖް ޒީނަތްތެރި ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެއެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް