ޕާމްބީޗް ސޮކަރ ކަޕް 2010 ގައި ބައިވެރިވުމުގެ ދައުވަތު " ލިޔެސް " އަށް
ލިޔުނީ : މިހާސް
ޕާމްބީޗް އައިލެންދް ރިސޯޓާއި ، ހިންނަވަރު ޒުވާނުންގެ މަރުކަޒު ގުޅިންގެން " ޕާމްބީޗް ސޮކަރ ކަޕް 2010 " ގެ ނަމުގައި ޅ. ހިންނަވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެއްގައި ބައިވެރި ވުމުގެ ދަޢުވަތު މިރަށުގައި މިވަގުތު އޮތް ހަމައެކަނި މަދަނީ ޖަމްޢިއްޔާ ކަމުގައިވާ ލަންދޫ ޔޫތް އެންކަރޭޖިންގ ސޮސައިޓީ ( ލިޔެސް ) އަށް ލިބިއްޖެއެވެ.
ލިޔެސްގެ މިދަޢުރުގެ އެއްނައިބު ރައީސް އަދި މަޝްޙޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޔޫސުފް ޢަބުދުއްރަޙިމް ( ޔޫއްޓޭ ) މަޢުލޫމާތު ދެއްވި ގޮތުގައި ޗެމްޕިއަން ޓީމަށް =/30000 ( ތިރީސް ހާސް ) ރުފިޔާ އާއި ރަނަރަޕް ޓީމަށް =/15000 ( ފަނަރަ ހާސް ) ރުފިޔާ އާއި ތިންވަނަ ޓީމަށް =/10000 ( ދިހަހާސް ) ރުފިޔާ ކަޑައެޅިފައިވާ މި މުބާރާތުގައި ބައިވެރި ވުމާއި މެދު ގޮތެއް ނިންމާނީ މިއަދު ހަވީރު ފުޓްބޯޅަ ކުޅެންދާ ކުޅުންތެރިންނާއި ވާހަކަ ދައްކާލުމަށް ފަހުގައެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަސް ކަމުން ޓީމުގައި ހިމެނޭ މުޙިއްމު ކުޅުންތެރިންނަށް މި މުބާރާތުގައި ކުޅުމުގައި ދަތިތަކަކާއި ކުރިމަތި ލާން ޖެހޭނެކަމަށް ބެލެވެއެވެ.
މިއީ މިހާތަނަށް މިހާ އަގުބޮޑު މުބާރާތެއްގައި ބައިވެރި ވުމުގެ ފުރުޞަތު ލަންދޫގެ ޓީމަކަށް ލިބިގެން ދިޔަ ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލަން ޖެހެއެވެ.
0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ