الاثنين، 31 مايو 2010

ޓީމްގެ ކޮންމެ މަޤާމަކަށްވެސް ފިޓް - ކައްޓި

ލިޔުނީ : މިހާސް

 
















ނ.ލަންދޫ ރަންކޮކާގޭ އަލްފާޟިލާ މާޖިދާ ޖަމާލްޢާއި ކައިވެނި ކޮށްގެން މިހާރު ލަންދޫއަށް ދިރިއުޅުން ބަދަލްކޮށްފައިވާ ކ.މާލެއަށް އުފަން އިސްމާއިލް ޝިމާޒް ( ކައްޓި ) ފާހަގަ ކުރެވިފައިވަނީ ފުޓްބޯޅައިގެ ކޮންމެ މަޤާމަކަށްވެސް ފިޓް ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުގައެވެ.
ލަންދޫގައި މިހާރު ފެށިގެން ކުރިއަށްދާ އެކުވެރި ކަމުގެ ސިލްސިލާފުޓްބޯޅަ މެޗުތަކުގައި ލަންދޫ ޓީމްގެ ފަހަތް ބަލަހައްޓަމުންގެންދާ ކައްޓި ފާހަގަ ކުރެވިފައިވަނީ ފުޓްބޯޅަ ކުޅުމުގައި ބޮޑީ މޫވްމަންޓް އެންމެ ރަނަގަޅަށް ހުނަރުވެރި ގޮތަކަށް ގެންގުޅޭ ހަމަ އެކަނި ކުޅުންތެރިޔާގެ ގޮތުގައެވެ.
ލަންދޫގައި މިޙާތަނަށް ކުޅެވުނު އެކުވެރި ކަމުގެ މެޗުތަކުގެ ތެރެއިން ކައްޓި ކުޅުނު މެޗުތަކުގައި މީނާވަނީ ވަރަށް ރަނގަޅު ކުޅުމެއްދައްކާ ފައެވެ.
ކައްޓިފާހަގަ ކުރެވެނީ ފަހަތައް ކުޅެމުން ކުރިއަށް އަރާ ހަމަލަތަކުގައި ބައިވެރިވާ މަދު ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއްކުޅުންތެރިއާގެ ގޮތުގައެވެ. ހަމަ އެހެންމެ ކައްޓި ފާހަގަ ކުރެވެނީ ބޯޅައިގައި ބޮޅުން ކުޅުމަށް އަރާހުރި ހުނަރުވެރި ކުޅުންތެރިއެއްގެވެސް ގޮތުގައެވެ.
ރާއްޖޭގެ އެންމެ ސަޕޯރޓަރުން ގިނަ ނިއުރޭޑިއަންޓުން ވިދާލުމަށްފަހު މިހާރު ވިކްޓްރީއަށް ކުޅެމުންގެންދާ ހުނަރުވެރި ފޯވާރޑް ކޮކީ ގެ އެންމބަޑު އެއްބަފާ ބޭބެ ކައްޓި ހިމެނިފައިވަނީ ކޮއްޓުމާއި ނެއްޓުމާއި ހުނަރު ލިބިފައިވާ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅޭ ސްޕީޑް ރަނގަޅު ފަރިގޮތްގޮތައް ސީދާ މީހާއަށް ޕާސްދޭ ކުޅުންތެރިއެއްގެ ގޮތުގައެވެ.
އިއްޔެ އަކީ ކައްޓި ގެ ފަރާތުން މި ހުނަރުތައް ޢާދަޔާ ޚިލާފަށް ފެނިގެން ދިޔަ ދުވަހެއް ކަމުން އިއްޔެގެ ތަރިއެއްގެ ގޮތުގައި ކައްޓިހޮވާ ކައްޓިއަށް މަރުޙަބާ ކިޔާ މިހުނަރުތައް އިތުރަށް ކުރިއެރުވުމަށް ހިތްވަރު ދެމެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް