ތަކުރާރުކޮށް ކުށްކުރާ ކުޅުންތެރިންނާއި ދޭތެރޭ ފިޔަވަޅު އެޅުން
ލިޔުނީ: މިހާސް
ދިރާގު ދިވެހިލީގް ފުޓްބޯޅަ މުބާރާތުގައި މިއަހަރު މިހާތަނަށް ކުޅެވުނު އެންމެ ފޯރިގަދަ މެޗުކަމަށް ގިނަބަޔކު ބުނަމުންގެންދާ ނިއުރޭޑިއަންޓް އާއި ވީ.ބީ ސްޕޯރޓްސް ކުލަބު ބައްދަލްކުރި މެޗްގެ 90މިނިޓް ޓީވީ އިން ލައިވްކޮށް ބަލާލުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ.
ފޯރިގަދަ މެޗަކަށްވުރެ ބޮޑަށް އެމެޗް އަޅުގަނޑަށް ފާހަގަ ކުރެވުނީ ކުޅިވަރުގެ ރޫހާއި ހިލާފް ދަށުދަރަޖައިގެ އަމަލްތަކެއް ފެނިގެން ދިޔަ މެޗެއްގެ ގޮތުގައެވެ.
ދިވެހި ރާއްޖޭގެ އެންމެ ނަން މަސްހޫރު ކުޅުންތެރިންގެ ކުޅުން ފެނިގެންދިޔަ އެމެޗްގައި ހިގާދިޔަ ކަންތައްތަކަކީ އަޅުގަނޑުމެން ފުޓްބޯޅަ ދަސްކުރުމަށް އަދި ފުޓްބޯޅަ ތަރައްގީކުރަން މަސައްކަތްކުރާބަޔަކަށް ފެނިގެންދިޔަ ވަރަށް ހުތުރު މުޑުދާރު އަމަލުތަކެކެވެ. އެދުވަހު ހިގާދިޔަ މިއަމަލުތައް އެއްމެ ހަރުކަށި އިބާރާތުން އަޅުގަނޑު ކުއްވެރި ކުރަމެވެ.
މިކަމާއި ގުޅިގެން އެފް.އޭ .އެމް އިން އެޅިފިޔަވަޅުތަކުގެ ތެރޭގައި ސުވާލް އުފެދޭ މަދުކަންތައްތަކެއް ހުރިނަމަވެސް ޖުމުލަ ގޮތެއްގައި އެފް.އޭ.އެމް ގެ ނިންމުމަށް އަޅުގަނޑު މަރުހަބާ ކިޔަމެވެ.
އަޅުގަނޑުމެން ރަށުގެ ދަނޑުގައި ހިގާ މިބާވަތުގެ އަމަލުތައް ހުއްޓުވުމަށާއި، އަދި މިފަދަ އަމަލުތައް ތަކުރާރު ކުރާ ކުޅުންތެރިންނާއި ، އަދި އޮފިޝަލުންނާއި މެދު ފިޔަވަޅު އެޅޭނެ ގޮތްތަކެއް ހަމަޖެއްސުމަށް މިފުރުސަތުގައި އަޅުގަނޑު ގޮވާލަމެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު އަޅުގަނޑުމެންގެ ފުޓްބޯޅަ މިއޮތް ހަރުފަތުން އެހެން ހަރުފަތަކަށް ގެންދެވޭނީ ފުޓްބޯޅައިގެ ޑިސިޕްލީންގ ދެމެހެއްޓިގެންނެވެ. ރަނގަޅު ޑިސިޕްލީންގ އެއް ގާއިމުކުރެވިގެންނެވެ.
މިހެއްކަމާއި އެކު އަޅުގަނޑުމެންގެ ތެރެއިން ފުޓްބޯޅަ ދަނޑުމަތީގައި ކުށްކުރުން ތަކުރާރު ކުރާ ކުޅުންތެރިން ނާއިމެދު އަމަލުކުރާނެ ގޮތްތަކެއް ކަނޑައަޅަންވެއްޖެއެވެ. މިކަމުގައިވެސް އަޅުގަނޑަށް ވެދެވެން އޮތް އެހީތެރިކަމާއި އެއްބާރުލުމެއް ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ