ހަތް ވަނަ މެޗަށް ރަށުން ބޭރަށް
ލިޔުނީ : މިހާސް
މިރަށުގައި މިހާރު ކުރިއަށްދާ އެކުވެރި ކަމުގެ ސިލްސިލާ މެޗު ތަކުގެ ތެރެއިން މިހަފްތާގެ މެޗު ކުޅުމަށްޓަކައި ރަށުން ބޭރަށް ދާން ޖެހިއްޖެ ކަމުގައި މި ހަފްތާގެ މެޗު އިންތިޒާމް ކުރެއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވެލައްވާ ލަންދޫ ޒުވާން ކައުންސިލަރ މަޖުދުﷲ އަބުދުއްރައްޒާޤް ( މަޖޫ ) ހާމަ ކުރައްވައިފިއެވެ.
މަޖޫ މަޢުލޫމާތު ދެއްވާ ގޮތުގައި މިހަފްތާގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަހަރު މިހާތަނަށް ލަންދޫ ގެ ފުޓްބޯޅަ ކުޅުންތެރިން އެންމެބޮޑު ލަނދެއް ގަންނުވާލައިފައިވާ އާބާދީގެ ގޮތުން ކުޑަ ހެނބަދޫ ޓީމާއި ދެކޮޅަށެވެ.
ލަންދޫއިން މިއަހަރު ކުޅުނު އެކުވެރި ކަމުގެ ފުރަތަމަ މެޗު ގައި " ލިޔެސް " ނަމުގައި ނިކުތް ލަންދޫގެ ޓީމް ބަލިވެފައިވަނީ 3 ލަނޑު 1 ލަނޑުންނެވެ. މި މެޗުގައި ލަންދޫ ޓީމުން ފެނިގެން ގޮސްފައިވަނީ ވަރަށް ވަދު ކުޅުމެކެވެ.
ހޮނިހިރު ދުވަހު ލަންދޫ ޓީމް ހެނބަދޫ އާއި ކުރިމަތިލާއިރު ލަންދޫ ޓީމުން އެންމެފަހުން ކުޅުނު އެކުވެރި ކަމުގެ 6 ވަނަ މެޗުން މާފަރު އަތުން 2 ލަނޑު 3 ލަނޑުން ލަންދޫ ޓީމް ވަނީ ބަލިވެފައެވެ.
މިހެންކަމާއި އެކު ހޮނިހިރު ދުވަހު ލަންދޫ ޓީމު ނިކުންނާނީ މާފަރު ޓީމުއަތުން މަލިވި ބަލިވުން ހަނދާން ނައްތާލައި ހެނބަދޫ އަތުން ގަތް ލަދުގެ ބަދަލް ހިފާލުމުން ކަމަށް ބެލެވެއެވެ.
މިހަފްތާގެ މެޗު ހަމަޖެއްސުމުގައި ހަރަކާތްތެރިވެ ލައްވާ ހުރިހާފަރާތްތަކަށް ޝުކުރު ދަންނަވަމެވެ.
0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ