الجمعة، 21 مايو 2010

ސިލްސިލާމެޗު ތަކުގެ ބޮޑު މެޗު

ލިޔުނީ : މިހާސް












 
މިހާރު ލަންދޫގައި ކުޅެވެމުންދާ އެކުވެރި ކަމުގެ ސިލްސިލާ ފުޓްބޯޅަ މެޗުތަކުގެ ތެރެއިން މިހަފްތާގެ މެޗުގައި ހެނބަދޫ އާއި ބައްދަލްކުރަން ހެނބަދުއަށް ދާގޮތައް ހަމަޖެހިފައި ވީނަމަވެސް މޫސުން ތަންނުދޭތީ ހެނބަދޫގެ ބަދަލްގައި މާދަމާ ހަވީރު ރަށުދަނޑުގައި މާޅެންދޫ ޓީމާއި ބައްދަލް ކުރާ ގޮތައް ހަމަޖެހިއްޖެއެވެ.
މިމެޗު ފާހަގަ ކުރެވެނީ މިސިލްސިލާ މެޗުތަކުގެ ތެރެއިން މިހާތަނަށް ކުޅެވޭ އެންމެ ބޮޑުމެޗު ކަމުގައެވެ. މި މުޙިއްމު މެޗާއި ރަށުޓީމް ކުރިމަތި ލާއިރު ސިލްސިލާ މެޗުތަކުގެ ތެރެއިން މިދިޔަ ހަފްތާގައި މާފަރާއި އެކު ކުޅުޅުމެޗުން 3 ލަނޑު 2 ލަނޑުން ރަށުޓީމް ވަނީ ބަލިވެފައެވެ.
ފެށުނީން ސުރެން ފުޓްބޯޅައިންނާއި އެހެނިހެން ކަންތައްތަކުން ރަށާއި އެންމެ ވާދަވެރި މާޅެންދޫ އާއި ދެކޮޅަށް މާދަމާ ނިކުންނަ އިރު މިދިޔަ ހަފްތާގެ މެޗުގައި ނުކުޅޭވުނު އިރުފުށި ދޯނީގައި އުޅޭ ކުޅުންތެރިންނަށްވެސް މާދަމާގެ މެޗުގައި ކުޅެވޭނެއެވެ. އަދި މީގެ އިތުރުން ހަސަންގެ ކަންނެލި ދޯނީގައި އުޅޭ ކުޅުންތެރިންވެސް މިވަގުތު ތިބީ ރަށުގައެވެ.
މިހެންކަމާއި އެކު މާދަމާގެ މެޗުވެގެންދާނީ މިފަހަކަށް އައިސް ފުޓްބޯޅަކުޅޭ އެންމެ ގިނަ އަދަދެއްގެ ކުޅުންތެރިން ރަށުގައި ތިބެގެން ކުޅެވޭ މެޗުކަމުގައެވެ. ހަމަ ޔަޤީނުންވެސް މާދަމާގެ މެޗަށް ނެރޭނެ އެގާރަ ކުޅުންތެރިން ކަނޑައެޅުމަކީ މާ ފަސޭހަ ކަމަކަށް ނުވާނެއެވެ.
މާދަމާގެ މެޗު އަޅުގަނޑު ސިފަކުރަނީ ލަންދޫގެ ފުޓްބޯޅައިގެ މުސްތަޤްބަލް ވަރަށް ރަނގަޅަށް އެގިގެން ދާނެ މެޗެއް ކަމުގައެވެ. ލަންދޫގައި ފުޓްބޯޅައިން ނަންމަޝްޙޫރު 3 ކުޅުންތެރިން ފިޔަވާ އެހެން ހުރިހާ ކުޅުންތެރިން ތިބެގެން ކުޅެވޭ މެޗަކީ ހުރިހާ ގޮތަކުންވެސް ތަފާތު ތަކެއް ފެނިގެން ދާން ޖެހޭނެ މެޗަކަށް ވާން ޖެހޭނެ ކަމަށް އަޅުގަނޑު ޤަބޫލް ކުރަމެވެ.


0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް