މާދަމާގެ މެޗުގައި ޔޫއްޓޭ ފެނުމުގެ ފުރުޞަތު ވަރަށް ކުޑަ
ލިޔުނީ : މިހާސް
މާދަމާ ލަންދޫގެ 1 ނަމްބަރ ޓީމް ކެނދުކޮޅާއި އެކު ކުޅުމަށް ހަމަޖެހިފައިވާ އެކުވެރި ކަމުގެ ފުޓްބޯޅަ މެޗުގައި ލަންދޫގެ އެންމެ މަޝްހޫރު އަދި ލަންދޫ ޓީމްގެ މައިތަނބު ކަމުގައިވާ ޔޫސުފް ޢަބުދުއްރަޙީމް ( ޔޫއްޓޭ ) އަށް ކުޅެވުމާއި ދޭތެރޭ އެއްވެސް ޔަޤީން ކަމެއްނެތެވެ

އިއްޔެ ޕްރެކްޓިހުގައި ޔޫއްޓޭގެ ބަޑުކޮޅަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ޔޫއްޓޭ މިހާރު އަންނަނީ ފަރުވާ ހޯދަމުންނެވެ. ޔޫއްޓޭއަށް މާދަމާގެ މެޗުގައި ކުޅޭ އަދި ނުކުޅެވޭ ކަށަވަރު ވެގެންދާނީ މާދަމާ ހެދުނު ހެދޭ ފިޒިކަލް ޓެސްޓްގެ ނަތީޖާ ދައްކާ ގޮތަކުންނެވެ.
މާދަމާގެ މެޗުގައި ޔޫއްޓޭއަށް ކުޅެވޭގޮތް ނުވެއްޖެނަމަ އެކަންވެގެންދާނީ ރަށުޓީމަށް ލިބިގެންދާ ވަރަށް ބޮޑު ދެރައަކަށާއި ނިކަމެތި ކަމަކަށެވެ.
އަޅުގަނޑު އެދެނީ ޔޫއްޓޭ ގެ ކުއްލި އެންޖަރީ އަވަހަށް ރަނގަޅުވެ މާދަމާ ކުޅެންހަމަ ޖެހިފައިވާ މެޗުގައި ޔޫއްޓޭއަށް ކުޅެވޭނޭގޮތް މެދުވެރި ވެގެން ދިއުމެވެ. ޔޫއްޓޭގެ އެންޖަރީއަށް އަވަސް ޝިފާއެއް ދެއްވާށިއެވެ.
0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ