މިއަދު ހަމަ ސައިފްވަރެއް ނެތް
ލިޔުނީ : މިހާސް
ރަށުގެ ފުޓްބޯޅަ ދަނޑަށް ޢާއްމުކޮށް ކުޅެންދާ އެއްކުޅުންތެރިޔަކީ މިއަދު މި ބްލޮގުގެ ތަރިއަކަށް ހޮވޭ ނ.ލަންދޫ ސާޙް ހަސަން ސައިފް ( ސައިއްޕޭ ) އެވެ.
ޢާއްމުކޮށް ކުޅޭއިރު ވަރުގަދަ ގޮތަކަށް ކުޅޭ ސައިއްޕޭ ގިނަފަހަރަށް ފާހަގަ ކުރެވިފައިވަނީ އެއްވެސް ބަލާލުމެއްނެތި ޕާސްދޭ ކުޅުންތެރިއެއްގެ ގޮތުގައިނަމަވެސް މިއަދު ސައިފް ފާހަގަ ކުރެވިގެން ގޮސްފައިވަނީ ވަރަށް ވިސްނުންތެރި ކަމާއި އެކު ވަރަށް ރަނގަޅަށް ބަލާލައިފާ ޕާސްދޭ ކުޅުންތެރިއެއްގެ ގޮތުގައެވެ.
މިއަދުގެ މޮޅުކުޅުންތެރިއެއްގެ ގޮތުގައި ސައިފް މިހޮވަނީ މިއަދުގެ ކުޅުމުގައި ސައިފްގެ ފަރާތުން ފެނިގެން ގޮސްފައިވާ ޢާދަޔާހިލާފް މޮޅުކުޅުމާއި ދެއްކިހިތްވަރުގެ ސަބަބުންނެވެ.
މިއަދުގެ ކުޅުމުގައި ސައިފްވަނީ ޓީމްގެ އެންމެފަހަތައް ފައިބައިގެން ކުޅެމުން އެންމެ ކުރިއަރާ ޓީމަށް ގޯލެއްޖަހައިދީ އަދި އިތުރު ގޯލްތަކެއް ޖަހާނެ ފުރުޞަތުތަކެއްވެސް ތަނަވަސްވެސް ކޮށްދީފައެވެ.
ފުޓްބޯޅައަށް ނުހަނު ލޯބިކުރާ، ފުޓްބޯޅައަށް ގިނަަގުނަ ހޭދަތަކެއް ކުރަމުން އަންނަ ސައިފް މިއަދު ދެއްކި ކުޅުން ކުރިމަގުގައި ދެއްކުމަށް މަސައްކަތް ކުރާކަމަށް ވާނަމަ ނުވަތަ މިއަދު އެދެއްކި ކުޅުން ދަމަހައްޓަން މަސައްކަތް ކޮށްފި ކަމަށްވާނަމަ ސައިފްއަށްވެސް ލަންދޫގެ ފުޓްބޯޅައިގެ ތަރިއަކަށް ވެވިދާނެއެވެ.
ހަމަޔަޤީނުންވެސް ސައިފްއަކީ މިހާރުގެ ފުޓްބޯޅަ ކުޅެން ދަންނަ ހިތްވަރުގަދަ މަސައްކަތް ކުރާ ކުޅުންތެރި އެއްކަން މިއަދު މިވަނީ އެންމެންނަށް ސާބިތުވެފައެވެ. ބޭނުންވަނީ މިކަމުގައި މިގޮތުގައި ސައިފް ކުރިއަށް ދިއުމަށް މަސައްކަތް ކުރުމެވެ.
ލަންދޫ ސޮކަރ.ޓީކޭ ގެ މިއަދުގެ މޮޅުކުޅުންތެރިއަކަށް ސައިފް ހޮވުމާއި ގުޅިގެން މަރުޙަބާއާއި ތަޙްނިޔާ ކިޔަމުން މިކަންތައް ތަކުރާރު ކުރުމަށް ހިތްވަރު ދެމެވެ.
0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ