ފަސްއެބުރި ބެލުމެއްނެތި ކާމިޔާބާއި އެކު ކުރިއަށް - ލަންދޫ ޓީމް
ލިޔުނީ : މިހާސް
ލަންދޫ ފުޓްބޯޅަ ޓީމުން އެޓީމްކުޅުނު އެކުވެރި ކަމުގެ ފަސްވަނަ މެޗު މިއަދު ހަވީރު ކެނދިކޮޅު ޓީމާއި ބައްދަލްކޮށް 3 ލަނޑު 2 ލަނޑުން ކާމިޔާބު ކޮށްފިއެވެ.
ރަށުގައި މިވަގުތުއޮތް ހަމަ އެކަނި މަދަނީ ޖަމްޢިއޔާ ކަމުގައިވާ " ލިޔެސް " ގެ ނަމުގައި ކުޅުނު މިމެޗު ވެގެން ގޮސްފައިވަނީ ވަރަށް ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗެއް ކަމުގައެވެ.
ލަންދޫގައި ކުޅެވޭ މިފަދަ ގިނަ މެޗުތަކުގައި ރެފްރީކަން ކޮށްދެއްވާ ނ.ލަންދޫ މުސްތަރީގޭ އަލްފާޟިލް އަޙްމަދު މުޙައްމަދު ( ޕަޓޭ ) ގެ ރެފްރީ ކަމުގައި ކުޅެވުނު މިމެޗުގެ ކުރީކޮޅު ހިތްގައިމު ޕާސްތަކަކާއި އެކު މޮޅަށް ކުޅެފައިވަނީ ކެނދިކޮޅު ޓީމުންނެވެ. މިވަގުތުކޮޅު ތެރޭގައި ކެނދިކޮޅު ޓީމަށް ލަނޑުޖަހާނެ މުޅިން ހުސްފުރުޞަތުތަކެއް ލިބި ބޭކާރު ވެގެން ގޮސްފައިވެއެވެ.
ކެނދިކޮޅު ޓީމަށް ލިބުނު ހުސްފުރުޞަތުތައް ބޭނުން ނުކުރެވުމުގެ ފައިދާ ނަގާ ލަންދޫ ޓީމްގެ ތަޖުރިބާ ކާރު ހުނަރުވެރި ކުޅުންތެރިޔާ ޔޫސުފް ޢަބުދުއްރަޙީމް ( ޔޫއްޓޭ ) ކެނދިކޮޅު ޓީމް ހާފްގެ އޭރިޔާގެ ބޭރުގައި ހުރެފަ ޖެހި ބާރު ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައިގެން ލަންދޫ ޓީމަށް ހިނިތުނވުން ގެނެސް ދިނެވެ. މިލަނޑު ޔޫއްޓޭ ޖަހާފައިވަނީ ފުރަތަމަ ހާފްގެ 24 ވަނަ މިނެޓް ގައެވެ.
ޔޫއްޓޭގެ މިލަނޑަށް ފަހު ލަންދޫގެ " ލިޔެސް " ޓީމުން ކުޅުންރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް އެމީހުން އަތުލިތަން ފެނިގެން ދިޔައެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ފެށުނު އިރު ރަނގަޅު ކުޅުމެއް ދައްކަމުން ގެންދިޔަ ކެނދިކޮޅު ޓީމްގެ ކުޅުން ގެއްލިގެން ދިޔުމެވެ. މި ދަޑިވަޅުގައި މިއަދުގެ މެޗުގައި ލަންދޫ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި އަޙްމަދު ރަޝީދު ( ލައިބު ) އަރާ ކެނދިކޮޅު ޓީމް އޭރިޔާ ބޭރުގައި ހުރެ މަތިންބޯޅަ ޖަހާ ގޯލަށް ވައްދާލައިގެން މެޗުގެ 40 ވަނަ މިނިޓްގައި ލަންދޫ ޓީމްގެ ދެވަނަ ގޯލް ކާމިޔާބު ކުރިއެވެ. މިއީ މި ސީޒަނުގައި ލަންދޫ ޓީމަށް ލައިބު ޖަހައިދިން 3 ވަނަ ގޯލެވެ. މިގޯލާއި އެކު މިވަގުތާއި ހިސާބަށް " ލަންދޫ އިންފޯ " ރަންބޫޓަށް ވާދަ ކުރާ ކުޅުންތެރިންގެ ތެރެއިން އެންމެ ކުރީގައި އުޅޭ ކުޅުންތެރިއަކަށްވެސް ލައިބު ވެގެން ދިޔައީއެވެ.
މިލަނޑާއި އެކު ލަންދޫ ޓީމްގެ މެދުތެރެއަށް ކުޅުނު މަޖޫ ބޭލުމަށްފަހު ނަސީމް ( ޓިންޓޮން ) ކުޅެން އެރުވިއެވެ. ރެފްރީ ނާންގަނިސް ޓިން ދަނޑަށް އެރުމުން މެޗުގެ ރެފްރީ ޕަޓޭ ވަނީ ޓިން އަށް ރީދޫ ކާޑެއްވެސް ދައްކާފައެވެ.
" ލިޔެސް " ގެ ނަމުގައި މިއަދު ނިކުތް ލަންދޫ ޓީމްގައި ހިމެނޭ ކޮންމެ ކުޅުންތެރިޔަކުވެސް ވަނީ ވަރަށް މޮޅު ކުޅުމެއް ދައްކާފައެވެ.
ލަންދޫ ޓީމުން ހޯދަމުން މިދާ ކާމިޔާބީތައް ފާހަގަކޮށް މިޓީމަށް މި ސައިޓްގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއަކާއި ތަޙްނިޔާއެއް ރައްދު ކުރަމެވެ.
0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ