الثلاثاء، 4 مايو 2010

މަޝްހޫރު ލީގްތަކުގެ ވާދަވެރިކަން އިންތިހާއަށް ބޮޑު އަހަރެއް

ލިޔުނީ : މިހާސް

ދުނިޔޭގެ މަޝްހޫރު ލީގުތައް ކަމުގައިވާ އިންގްލިސް ޕްރެމިއަރ ލީގާއި ، ސްޕޭންގެ ޝްޕެނިޝް ލަލީގާއާއި އިޓަލީގެ އިޓާލިއަން ސީރިއާގެ ވާދަވެރިކަން މިއަހަރު މިވަނީ އިންތިހާއަށް ބޮޑުވެފައެވެ.
މިގޮތުން އިގިރޭސި ވިލާތުގެ މަޝްހޫރު ދެޓީމް ކަމުގައިވާ މެންޗެސްޓާރ ޔުނައިޓެޑާއި ޗެލްސީގެ ތެރެއިން މިއަހަރުގެ ލީގް ކާމިޔާބު ކުރާޓީމެއް އެގިގެންދާނީ މި ދެޓީމް ކުޅޭ އެންމެފަހު މެޗަށްފަހުގައެވެ. މިހާރު ޕޮއިންޓް ޓޭބަލްއޮތްގޮތުން ޗެލްސީ އެމީހުންގެ ފަހުމެޗުގައި އެމީހުންގެ ދަނޑުގައި ވިގަންއެތުލެޓިކް އާއި ކުޅޭމެޗު ކާމިޔާބު ކޮށްފިނަމަ އެޓީމަށް ލީގް ޗެމްޕިއަންކަން ލިބިގެންދާނެއެވެ.
ހަމަ މިފަދައިން ސްޕެންގެ ބާސާ އާއި ރިއަލް މެޑްރިޑް އާއި ދެޓީމްގެ ތެރެއިންވެސް ޗެމްޕިއަންޓީމެއް ކަނޑައެޅިގެން ދާނީ މިދެޓީމް ކުޅޭފަހު މެޗަށް ފަހުގައެވެ. ބާސާއަށް އަމިއްލަ ބާރުއޮތް އިރު ރިއަލްއަށް ފުރުޞަތު އޮތީ ބަސާގެ ފަހުމެޗުން އެޓީމް ބަލިވެގެންނެވެ.
އިޓަލީގެ އެންމެފަހުގެ ޗެމްޕިއަން އިންޓަރ މިލާން އާއި ރޯމާގެ ވާދަވެރިކަންވެސް އޮތީ މިފަދަ ހާލަތެއްގައެވެ. މި ލީގުގައިވެސް އިންޓަރ އަށް އަމިއްލަ ބާރު އޮތްއިރު ރޯމާއަށް ޖެހޭނީ އިންޓަރ އަށް ވާގޮތް ބަލަން ތިބޭށެވެ.
މިފަހަކަށް އައިސް ދުނިޔޭގެ އެންމެ މަޝްހޫރު މި ތިން ލީގުގެ ވާދަވެރިކަން މިހާބޮޑަށް ވާދަވެރިވެފައެއް ނުވެއެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް