އަދުގެ ތަރި - އަރަމުން އަންނަ ހުނަރުވެރި ކުޅުންތެރިއެއް
ލިޔުނީ : މިހާސް
ލަންދޫގެ ފުޓްބޯޅަ ދަނޑަށް ކުޅެންދާ ކުޅުންތެރިންގެ ތެރެއިން އެންމެ ހުނަރުވެރި ޒުވާން ކުޅުންތެރިއަކީ މިއަދުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވޭ ނ.ލަންދޫ ކެރެޓް ހަސަން ނިޝާން ( ހަސަން / ދަޅު ) އެވެ.
ހަސަން ފާހަގަ ކުރެވިފައިވަނީ މިއަދު ލަންދޫގެ ފުޓްބޯޅަ ދަނޑުން ފެނިގެންދާ އެންމެ ހުނަރުވެރި އެއްކުޅުންތެރިޔާގެ ގޮތުގައެވެ. އިސްކޮޅުން ކުޑަނަމަވެސް ހަސަން ފާހަގަ ކުރެވިފައިވަނީ ޖެހިލުން ކުޑަ ހިތްވަރުގަދަ އަޒުމް ވަރުގަދަ ކުޅުންތެރިއެއްގެ ގޮތުގައެވެ.
ޒުވާން ހަސަން ފާހަގަ ކުރެވިފައިވަނީ ފުޓްބޯޅައިގެ " ޖާދޫ " ދެއްކުމުގައި ދެވަނައެއް ނެތް ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުގައެވެ. ޚާއްސަކޮށް އޯވަރހެޑް ޖެހުމަކީ ހަސަންގެ ޙާއްޞަ ހުނަރެކެވެ. ހަސަންގެ އޯވަރހެޑެއް ދަނޑުން ނުފެންނަ ދުވަހެއް މަދުއިރު ހަސަންގެ ކޮންމެ އޯވާރހެޑަކީ ކުޅެންދާ އެހެން ކުޅުންތެރިންގެ ސަޕޯރޓާއި ތަރުހީބުލިބިގެންދާ ހުނަރެކެވެ.
މިއަދުގެ ލަންދޫ ސޮކަރ.ޓީކޭ ގެ ތަރިއަކަށް ނުވަތަ މޭންއޮފްދަ މެޗަކަށް ހަސަން މިހޮވަނީ މިއަދުގެ މެޗުން ހަސަންގެ ޓީމް މޮޅުކޮށްދިނުމަށް ޓަކައި ހަސަން ކުރި ހިތްވަރަށާއި މަސައްކަތައް ބަލާފައެވެ. އެންމެ ފަހަތުގައި ހުރެ ކުރިއަށް އަރާ ހަމަލާތަކުގައިވެސް ބައިވެރިވެ ހުނަރުވެރި ބަލާހިތްވާކަހަލަ " ޖާދޫތަކެއް " ދައްކައިދީފައި ވާތީއެވެ.
ޙަޤީގަތުގައިވެސް ހަސަންގެ ގައިގައި ފުޓްބޯޅަ ކުޅުންތެރިއެއްގެ ގައިގައި ހުންނަން ޖެހޭ ގިނަ ސިފަތަކެއް އެބަހުއްޓެވެ. ބޭނުންވަނީ މިހުނަރުތައް އިތުރަށް ތަރައްޤީކޮށް ކުރިއަރުވަމުން ގެންދިއުމެވެ.
ލަންދޫ ސޮކަރ.ޓީކޭ ގެ މިއަދުގެ ތަރިއަކަށް ހަސަން ހޮވުމާއި ގުޅިގެން ހަސަން އަށް މަރުހަބާއާއި ސާބަސް ރައްދުކުރަމުން މިކަންތައް ތަކުރާރު ކުރުމަށް ހިތްވަރު ދެމެވެ.

1 ޚިޔާލު:
ކަޑަ މުޅިންކަޑަ 3 ލަނޑު ޖަހައިފިއްޔާ މޭންއޮފްދަމެޗަށްނުހޮވެންފީ އެއްވެސް ސަބަބެއް އޮވެގެން ނުވާނެ މީގާ ނޭންގޭ ސިއްރުތަކެއް އެބަވޭ
5 مايو 2010 في 4:29 مإرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ