الثلاثاء، 4 مايو 2010

ލަންދޫ – ކެނދިކޮޅު ، ވަރަށް ފޯރިގަދަވާނެ

ލިޔުނީ : މިހާސް

ލަންދޫ ޓީމުންކުޅޭ އެޓީމްގެ އެކުވެރި ކަމުގެ 5 ވަނަ މެޗުގައި މިއަންނަ ހުކުރު ދުވަހު ކެނދިކޮޅު ޓީމާއި ދެކޮޅަށް ލަންދޫގެ ފުޓްބޯޅަ ދަނޑަށް ނިކުންނާނެއެވެ.
މި މެޗަށް ލަންދޫ ޓީމް ނިކުންނައިރު ލަންދޫ ޓީމް އޮތީ ވަރަށް ރަނގަޅު ފޯމެއްގައިކަން ފާހަގަކޮށްލަން ޖެހެއެވެ. މިގޮތުން މިޓީމް އެންމެ ފަހުން ކުޅުނު މެޗުގައި އަތޮޅުގެ ފުޓްބޯޅައިގެ ބޮޑުބާރު މިލަދޫ ކޮޅަށް މިދިޔަ ހޮނިހިރު ދުވަހު 6 ލަނޑު ޖަހާފައިވާކަން ފާހަގަ ކޮންލަން ޖެހެއެވެ.
ނަމަވެސް ފުޓްބޯޅައަކީ ވައް އެއްޗެއްކަމުން އެކި މެޗުތައް ތަފާތުވާނެއެވެ. މިގޮތުން ހުކުރުގައި ކުޅެވޭ މެޗަކީވެސް މުޅިން ތަފާތު މެޗަކަށް ވެގެންދާނެ ކަމީ ޗައްކެއްހުރި ކަމެއްނޫނެވެ.
ލަންދޫގެ ފުޓްބޯޅައިގެ ތާރީޙްގައި މީގެ ކުރިން ކުނޅުދޫ އާއި ބައްދަލްކުރި މެޗްތައްވެގެން ގޮސްފައިވަނީ ވަރަށް ފޯރިގަދަ އަދި އެހާމެ ބަލާހިތްވާފަދަ މެޗު ތަކަކަށެވެ. މިހެން ކަމާއި އެކު ހުކުރު ދުވަހުގެ މެޗަކީވެސް ވަރަށް ރަނގަޅު މެޗަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް