ސޮކަރގެ ހުށައެޅުން ލަންދޫ ޒުވާނުން ބަލައިގެންފި
ލިޔުނީ : މިހާސް
އަޅުގަނޑުމެންގެ ފުޓްބޯޅަ ދަނޑުގައި ކުޅެވޭ މެޗުތަކުގައި ކުޅިވަރުގެ ރޫޙާއި ޚިލާފް ޢަމަލްތައް ކުރާކުޅުންތެރިންނާއި ދޭތެރޭ ފިޔަވަޅު އެޅުމަށް މިބްލޮގުން " ލަންދޫ ސޮކަރ.ޓީކޭ " އިން އެންމެފަހުން ގޮވާލި ގޮވާލުން ލަންދޫ ޒުވާނުން ބަލައިގެންފިއެވެ.
ލަންދޫ ޒުވާނުން އަޅުގަނޑުގެ މިގޮވާލުން ބަލައިގަތްކަން ހާމަ ކޮށްފައިވަނީ އެންމެފަހުން މާޅެންދޫ އާއި އެކު ކުޅުނު އެކުވެރި ކަމުގެ ފުޓްބޯޅަމެޗަށް ތައްޔާރުވުމަށް މެޗުކުޅެން އޮތް ދުވަހުގެރޭ ކަމަނަ ވެހީގައި ބެއްވުނު ބައްދަލް ވުމުގައެވެ.
މިބައްދަލްވުމަށް ހާޒިރުވެލެއްވި ހުރިހާ ޒުވާނުންގެ އިންތިފާޤުން ފަސްކޮށްފައިވަނީ ރަށު ޓީމް ބައްދަލްކުރާ މެޗުތަކުގައި ކުޅިވަރުގެ ރޫޙާއި ޚިލާފް ޢަމަލްތައް ކުރާ ކުޅުންތެރިންނާއި ދޭތެރޭ ކުރާ ކުށުގެ ކުޑަބޮޑުމިނަށް ބަލާފަ ފިޔަވަޅު އަޅަން ފެންނަ ކަމަށެވެ.
ލަންދޫ ޒުވާނުން ލަންދޫގެ ފުޓްބޯޅަ ކުރިއެރުވުމަށް ތިޔަ ނިންމެވި ނިންމެވުމަށް މިބޮލްގުގެ ފަރާތުން ވަރަށް އިޚްލާސްތެރި ކަމާއި އެކު ޝުކުރު ދަންނަވަމެވެ.
ޒުވާނުންނަށް މިކަންތައް ހުށައަޅުއްވައި މިކަންތައް ފާސްކޮށްދެއްވުމަށް މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޔޫސުފް އަބުދުއްރަޙިމް ( ޔޫއްޓޭ ) ކޮށްދެއްވި މަސައްކަތް ފާހަގަކޮށް ޔޫއްޓޭ އަށް ޚާއްޞަ ޝުކުރެއް ރައްދު ކުރަމެވެ.
މިކަންތައް ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި މިކަމަށް ތައްޔާރު ކުރެވޭ ޤަވާޢިދެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުޅުންތެރިންނާއި ގުޅިގެން ކުރިއަށް ގެންދިއުމަށް އަޅުގަނޑު ގަސްތުކުރާ ވާހަކަވެސް މިފުރުޞަތުގައި ހާމަކޮށްލަމެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ