الأحد، 23 مايو 2010

ފަހަތުން އަރާ މާޅެންދޫ ޓީމް ބަލިކުރުން

ލިޔުނީ : މިހާސް














މިއަހަރުގެ ތެރޭގައި ލަންދޫ ފުޓްބޯޅަ ޓީމުން އެޓީމް ކުޅުނު އެކުވެރި ކަމުގެ 7 ވަނަ މެޗު ގައި 22 މެއި 2010 ވީ ހޮނިހިރު ދުވަހުގެ ހަވީރު މާޅެންދޫ ޓީމާއި ބައްދަލްކޮށް މާޅެންދޫ ޓީމުން 2 ލަނޑު ޖަހަފައިވަނިކޮށް ފަހަތުން އަރާ 4 ލަނޑު ޖަހައިގެން މާޅެންދޫ ޓީމުގެ މައްޗަށ ކުރިހޯދިއެވެ.
މިމެޗުގައި ރެފްރީކަން ކޮށްދެއްވާފައި ވަނީ ނ.ލަންދޫ މުސްތަރީގޭ އަލްފާޟީލް ޢަހްމަދު މުޙައްމަދު ( ޕަޓޭ ) އެވެ. އެއްފަރާތުގެ ލައިސްމަންކަން ކޮށްފައިވަނީ ނ. ލަންދޫ ކާމިނީވިލާ އަލްފާޟިލް އަޙްމަދު ޝަކީލް ( ސައްކޭ ) އެވެ. އަނެއް ފަރާތުގެ ލައިސްމަންކަން ކޮށްދީފައިވަނީ މާޅެންދޫ ޒުވާނެކެވެ.










މި މެޗުގައި ލަންދޫ ޓީމަށް ގޯލް ޖަހައިދީފައިވަނީ މެޗުގެ ފަހުހާފުގެ 5 ވަނަ މިނިޓްގައި ޒަހީނު ހަސަން ( ޒަންޑަ ) ގޯލަކާއި، މެޗުގެ ފަހުހާފުގެ 18 ވަނަ މިނިޓްގައި މުޙައްމަދު އިރުޝާދު ( ރެޑޭ ) ގޯލަކާއި ، މެޗުގެ ފަހުހާފުގެ 25 ވަނަ މިނިޓްގައި ޒަހީން ހަސަން 1 ގޯލާއި އަދި މެޗުގެ ފަހު ހާފުގެ 35 ވަނަ މިނިޓްގައި ޔޫސުފް ޢަބުދުއްރަޙީމް ( ޔޫއްޓޭ ) 1 ގޯލެވެ.










މި މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކެޕްޓަންކަން ކޮށްފައިވަނީ ނ.ލަންދޫ ފިނޮޅު އަލްފާޟިލް ހަސަން މާހިރު ( މާޓިންގ ) އެވެ. މީނަ ހަފް ހާފުގައި ބަދަލް ކުރުމުން ދެން މި މެޗުގައި ބޭންޑް އަޅައިގެން ކުޅެފައިވަނީ ނ. ލަންދޫ ވިނަރެސް އަލްފާޟިލް ޢަބުދުﷲ ނާޝިދު ( ނާއްޕެ ) އެވެ.
މިމެޗުގެ ރެފްރީ އެއްވެސް ކުޅުންތެރިއަކަށް ކާޑެއް ދައްކާފައެއް ނުވެއެވެ. މިއީ މިފަހަކަށް އައިސް ލަންދޫގައި ކުޅެވުނު އެންމެ އަމާން އޮމާން މެޗެވެ.
މި މެޗުގައި ލަންދޫ ޓީމަށް ކުޅެފައިވާ އެންމެ ދުވަސްވީ ކުޅުންތެރިއަކީ ޢުމުރުން 35 ގައި މި މެޗުގެ ފުރަތަމަ 11 ގައި ކުޅެންނިކުތް ނ. ލަންދޫ ރަސްފަރު މަޖުދުﷲ ޢަބުދުއްރައްޒާޤް ( މަޖޫ ) އެވެ.










މި މެޗުގައި ލަންދޫ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ މި ބްލޮގުން ހޮވި މި މެޗުގެ މޭން އޮފްދަމެޗަކަށް ހޮވުނު މަޝްޙޫރު ހުނަރުވެރި ކުޅުންތެރިޔާ ޔޫސުފް ޢަބުދުއްރަޙީމް ( ޔޫއްޓޭ ) އާއި ހުސެއިން ޖަވާދު ( ޖަވާ ) އާއި ލަސްޓަކަށް ކުޅުނު އިސްމާޢިލް ޝިމާޒް ( ކައްޓި ) އާއި ހުސްނީ ޢުމަރު ( ތަންބި ) އެވެ.
މިމެޗުގައި ލަންދޫ ޓީމުން ކުޅެން ނިކުތް ކުޅުންތެރިންނާއި އަދި މި މެޗާއި ގުޅޭ ބައެއް ފޮޓޯތައް މި ލިޔުމާއި އެކު ހުށައަޅާލަމެވެ


0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް