ބިނާ ކުރުވަނިވި ފާޑުކިޔުމަށް އަބަދުވެސް މަރުޙަބާ ކިޔަން
ލިޔުނީ : މިހާސް
އަޅުގަޑުގެ މިބޮލޮގަކީ ވަރަށް މަތިވެރި މާތް މަޤްޞަދެއްގައި އަޅުގަނޑު ހަދައިގެން ކުރިއަށް ގެންދެވޭތޯބަލަމުން އަންނަ ބްލޮގެކެވެ. މި ބޮލޮގު ހަދައިގެން މިވީ ކުރު މާޒީގައި މި ބްލޮގަށްވަނީ ވަަރަށް ގިނަބެއެއްގެ އެހީތެރި ކަމާއި އެއްބާރުލުން ލިބިފައެވެ. މި ބްލޮގުގައި މިހާތަނަށް ލިޔެފައިވާ ލިޔުންތަކަކީ ތަފަތުފަރާތްތަކުން ދެއްވާފައިވާ މަޢުލޫމާތުތަކާއި ، އަދި އަޅުގަނޑުގެ ހަމަ ލޮލަށް ފެނިގެން ލިޔެފައިވާ ލިޔުންތަކެވެ. މިއިން އެއްވެސް ލިޔުމެއްގައި ދޮގުމަޢުލޫމާތެއް އަދި ދޮގުވާހަކަތަކެއް ނުވާނެއެވެ.
މި ބްލޮގް ހެދުމަށްފަހު މިބޮލަގަށް އެންމެ ބޮޑު އެހީތެރި ކަމެއް ވެދެއްވަމުން އަންނަ އެއްފަރާތަކީވެސް ލަންދޫގެ އެންމެ މަޝްހޫރު އެންމެ ހުނަރުވެރި ކުޅުންތެރިޔާ ނ.ލަންދޫ ވިނަރެސް އަލްފާޟިލް ޔޫސުފް ޢަބުދުއްރަޙީމް ( ޔޫއްޓޭ ) އެވެ. މިކަމަށްޓަކައި ޔޫއްޓޭއަށް ނުހަނު އިޙްލާސްތެރި ކަމާއި އެކު ޝްކުރުދަންނަވަމެވެ. ނަމަވެސް މި ބްލޮގަށް ޔޫއްޓޭ ދެއްވާ މަޢުލޫމާތުތައް އެހެން ގޮތަކަށް ބަދަލްކޮށްލައިގެން ނުވަތަ މި ބްލޮގާއި ދޭތެރޭ އެހެން މީހުންގެ ހިތުގައި ނަފުރަތު އުފެދޭ ފަދަ ގޮތަކަށް ދައްކަވާ ވާހަކަތައް ވަރަށް ހަރުކަށި ޢިބާރާތުން ކުއްވެރި ކުރަމެވެ އަދި މިފަދަ ކަންތައްތައް މިގޮތައް ނުކުރުމަށް ގޮވާލަމެވެ. .
އަޅުގަނޑުގެ މަޤްޞަދަކީ ލަންދޫގެ ފުޓްބޯޅައަށް މިރޮގުން ކޮށްދެވެން ހުރި ހުރިހައި މަސައްކަތް ތަކެއް ކުރުމެވެ. އެއްވެސް ހާލެއްގައި ވަކި ފަރުދަކު ނުވަތަ ވަކިބަޔަކު ޕްރޮމޯޓްކޮށް ކުރިއެރުވުމެއް ނޫނެވެ. ލަންދޫގެ ފުޓްބޯޅަ ކުރިއަރުވާ ފުޓްބޯޅައަށް ޓަކައި މަސައްކަތް ކުރައްވާ އެންމެހައި ފަރާތްތަކުގެ ބުރަ މަސައްކަތްތައް ފާހަގަކޮށް އެފަރާތްތަކަށް ހިތްވަރުދީ އެކަންތައްތައް ތާރީހަށްޓަކައި ރައްކާތެރި ކުރެވޭތޯ ބެލުމެވެ. މިހާތަނަށް މި ބްލޮގުން މަސައްކަތް ކޮށްފައި ވާނީވެސް މިމަގުންނެވެ.
މިހެންކަމާއި އެކު މި ބްލޮގް ބައްލަވާ އަދި މިބްލޮގަށް ތަރުހީބު ދެއްވާ އެންމެހައި ފަރާތްތަކުގެ ކިބައިން ވަރަށް އިޙްލާސްތެރި ކަމާއި އެކު އަޅުގަނޑު މިއެދެނީ މިބްލޮގާއި މެދު ފާޅު ކުރައްވާ ޚިޔާލަކީ ބިނާކުރުވަނިވި ، ހަރުދަނާ ފާޑު ކިއުއްވުމަކަށް ހައްދަވައި ދެއްވުމަށެވެ. އެއްވެސް ހާލެއްގައި މިބލޮގުގައި ސިޔާސީ ކުލަޖެއްސެވުމަށް މަސައްކަތް ނުކުރައްވާށެވެ. ތިމާމެން އުފަންރަށަކީ އެންމެ އިސްކަމާއި ޝަރަފެއް ދެއްވަން ޖެހޭނެ ތަންކަމަށް ހައްދަވައި ދެއްވުމަށެވެ.
މިހާތަނަށް މިބްލޮގްގައި އެއްވެސް ބޭފުޅަކު ހިތްހަމަ ނުޖެހޭފަދަ އެއްޗެއް ނުވަތަ ތަސްވީރެއް ޝާޢިއު ކުރެވިފައިވާނަމަ އެފަރާތްތަކެއްގެ ކިބައިން އަޅުގަނޑު ނިހާޔަތައް މާފަށް އެދެމެވެ.
އަދިވެސް އެއްފަހަރު ލަންދޫގެ ފުޓްބޯޅަ ކުޅުންތެރިންނާއި ފުޓްބޯޅައަށް ތަރުޙީބު ދެއްވާ އެންމެހައި ފަރާތްތަކުން މި ބްލޮގަށް ތިޔަދެއްވާ އެހީތެރި ކަމާއި އެއްބާރުލުން ފާހަގަކޮށް ނިހާޔަތައް ޝްކުރުވެރި ވަމެވެ.

0 ޚިޔާލު:
إرسال تعليق
ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ